09 ނޮވެމްބަރ 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރައްވަން ކުރީގެ ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތް ކުރައްވަން ކުރީގެ ރައީސް މައުމޫން ލަދުފުޅު ގަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ހަމަލާއަކީ ނުހިނގާ ކަމެއް ކަން ބަޔަކު ދައްކަން މަސައްކަތް ކުރި ކަމަށާއި އެކަން ފެށިގެން ދިޔައީ ނަޝީދުގެ ވެރިކަމާ ހިސާބުން ކަމަށެވެ. އެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު މީހުންނަށް ސަރުކާރުން އިސް މަގާމުތަކެއް ވެސް އެމްޑީޕީގެ ވެރިކަމުގައި ދިން ކަން ފާހަގަ ކުރައްވައި، ނިހާން ވިދާޅުވީ ނަޝީދާ އެކު މަސައްކަތް ކުރަން މައުމޫން ލަދުފުޅު ގަންނަން ޖެހޭނެ ކަމަށެވެ.
"ނަޝީދާއި އޭނާއާ ގުޅުންހުރި މި ޖަހާލަތުގެ އަނދިރި އަމަލު ހިންގި މީހުންނާ އެކު އެއް ސައްލާއެއް ކުރަން އިންނަވަން ރައީސް މައުމޫން ލަދުފުޅު ގަންނަންޖެހޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެންގެ މި ފަހުރުވެރި ވަތަނަށްޓަކައި އަޅުގަނޑުމެން މި ވާހަކަ ތަކުރާރު ކުރަން އެބަޖެހޭ،" ނިހާން ވިދާޅުވި އެވެ.
އެ ހަމަލާގައި ބައިވެރިވިކަން ސާބިތުވި މީހުން ފިލަން އެހީތެރިވީ ވެސް ނަޝީދުގެ ސަރުކާރުން ކަން ފާހަގަ ކުރައްވައި، އެދުވަހު މައުމޫން އޮންނެނީ ފިއްލަވައިގެން ކަމަށް ދައްކަން ވެސް ބަޔަކު މަސައްކަތް ކުރި ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ނަޝީދާ އެކު މައުމޫން މިހާރު މަސައްކަތް ކުރައްވަނީ، އެ ދުވަހު ހަމަލާ ދިންއިރު މައުމޫން އޮންނެވީ ފިއްލަވައިގެން ކަމަށް އެމަނިކުފާނު އިއުތިރާފްވެ ވަޑައިގަންނަވާތީތޯ ނިހާން ސުވާލު އުފެއްދެވި އެވެ.
"ރައީސް މައުމޫން ހަމަ ސީރިއަސްކޮށް ގަބޫލުފުޅު ކުރައްވަނީތޯއޭ އެ ދުވަހުގެ ރޭގައި ތިމަން މަނިކުފާނު އެ ރޭގައި ދޮންނަ މެޝިނެއްގެ ފޮށިގަނޑެއްގައި އޮންނެވި ބޭފުޅެއް ކަމަށް؟." ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ސުވާލު ކުރެއްވި އެވެ.
މައުމޫންގެ ވެރިކަމުގައި ގެނައި އިސްލާމީ ހުރިހާ އުސޫލުތަކެއް ނައްތާލަން ނަޝީދުގެ ވެރިކަމުގައި މަސައްކަތް ކުރެއްވި ކަމަށާއި އެގޮތުން ހައްދު ޖެހުމާ ދެކޮޅަށް ވާހަކަ ދެއްކުމާއި އެހެން ދީންތަކަށް ފުރުސަތު އޮތްތޯ ބެއްލެވުމަށް ނަޝީދު މަސައްކަތް ކުރެއްވުން ހިމެނޭ ކަމަށް ނިހާން ވިދާޅުވި އެވެ.
ރާއްޖެ އަށް އެހެން ގޮތްގޮތުން ވެސް ގެއްލުން ދެއްވަން ނަޝީދު މަސައްކަތް ކުރެއްވި ކަމަށާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު ކުންފުންޏަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ވަރުގެ ޖަރީމާއެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދެންނެވި ޖަރީމާ ދިގު ދެމިގެންދިޔަ ނަމަ އަޅުގަނޑުމެންނަށް އެބަ އިނގޭ މީގެ މުގާބިލުގައި އަޅުގަނޑުމެން ދައްކަން ޖެހޭ މިންވަރު ހަތަރު ބިލިއަން ރުފިޔާ ގެއްލިގެން ނިމުނީ. ރާއްޖޭގެ ކިތައް ރަށުގައި ކިތައް ކަންތައް ކޮށްދޭން ލާރިތޯ މި ގެއްލުވާލީ." ނިހާން ވިދާޅުވި އެވެ.
ނޮވެމްބަރު ތިނެއް، ނަޝީދުގެ ތައުރީފު ސިފައިންނަށް
"ސަރުކާރަށް ނަސްރުގެ ދުވަސް ފާހަގަކުރާކަށް ނުކެރޭ"
"މައުމޫން ބާޣީއަކަށް ހެދުމަކީ ނަޝީދުގެ ހުވަފެނެއް"
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ލުތުފީ ގެންނަން 2.7 މިލިއަން ދައްކަންޖެހޭ: ޕީޕީއެމް
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން
މާދަމާގެ ޖަލްސާއަށް ޕީޕީއެމުން ނެރުނީ ފްރީ ވިޕެއް
ލީޑަރުން މިނިވަންކުރި ގޮތަށް ހުރިހާ ގައިދީން ދޫކޮށްލާ!