07 ނޮވެމްބަރ 2017
އދ. މާމިގިލީގައި ސަރުކާރުން ބައިނަލްއަގުވާމީ ބަނދަރެއް ހެދުމުގެ މަސައްކަތް ކުރަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ބުނެ، އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އދ. މާމިގިލީގައި ސަރުކާރުން ބައިނަލްއަގުވާމީ ބަނދަރެއް ހެދުމުގެ މަސައްކަތް ކުރަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ބުނެ، އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާމިގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށުގައި ބައިނަލްއަގުވާމީ ބަނދަރެއް ހެދުމަށް ބޭނުންވާ ބިމުގެ ބޮޑުމިން އަންގައިދޭ ޗާޓެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކައުންސިލަށް ފޮނުވިއިރު، މާމިގިލީގައި މިހާރު ބޭނުންކުރާ ބަނދަރުގެ ސަރަހައްދާއި ބަނދަރުގެ ވަށައިގެން ހިމެނޭ ބިންތައް ޗާޓުގައި ހިމަނާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެމްޕީއެލްއާ މަޝްވަރާ ކުރުމުން މިއީ ބަނދަރު ހެދުމަށް ބޭނުންވާ ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއްކަން އެނގުނު ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ބައިނަލްއަގުވާމީ ބަނދަރެއް ހެދުމަށް ޓަކައި ކައުންސިލުން ކަނޑައަޅައި މިންގަނޑު އަންގައިދޭ ޗާޓެއް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އަށް ކައުންސިލުން ވަނީ ފޮނުވައިފަ އެވެ. އަދި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ބަދަލު ލިބޭނެ ގޮތް ހެދުމަށާއި ކައުންސިލުން އޮޅުންފިލުވަން ބޭނުންވާ ބައެއް ކަންކަން ސާފު ކުރުމަށް ސިޓީއަކުން އެ އޮތޯރިޓީ އަށް ވަނީ ހުށަހަޅައިފަ އެވެ.
"ނަމަވެސް އަދި ބަނދަރާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލު ނުކުރެވި، ގިނަ ދުވަސްތަކެއް ވަމުންދާތީވެ މިކަން ހިނގާ ނުހިނގާ ގޮތެއް ސާފު ކުރުމަށް ބައްދަލުވުމެއް އިންތިޒާމުކޮށް ދެއްވުން އެދި ހައުސިން މިނިސްޓްރީ އާއި އެމްޕީއެލްގައި އެތަކެއް ފަހަރު މަތިން ފޯނުން ގުޅައިގެން ވަނީ ދަންނަވައިފަ އެވެ،" މާމިގިލީ ކައުންސިލްގެ ތިން މެމްބަރުން ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި މާމިގިލީ ކައުންސިލާ މަޝްވަރާ ކުރުމަކާ ނުލައި، ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އިން އެންގީ އިކޮނޮމިކް މިނިސްޓްރީގެ ސާވޭއާ އެއްގޮތަށް މާމިގިލީގައި ބައިނަލްއަގުވާމީ ބަނދަރެއް ހެދުމަށް ބޭނުންވާ ސަރަހައްދުގެ ވަގުތީ ރަޖިސްޓްރީއެއް ހެދުމަށެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ބިންތަކަށް ގޮތެއް ނިންމައި މާމިގިލީގެ ކުނިގޮނޑު އެހެން ސަރަހައްދަކަށް ބަދަލުކޮށް ރަޖިސްޓްރީ ހެދުމަށް ވެސް އެދިފައި ވެ އެވެ.
"މި ކައުންސިލުން ގަބޫލުކުރާ ގޮތުގައި ވަގުތީ ރަޖިސްޓްރީއެއް ހެދުމުގެ ކުރިން ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާ މެދު ކޮންމެވެސް ގޮތެއް އޮންނަން ވާނީ ނިމިފަ އެވެ. އަދި ރަށުގެ ރަސްމީ ކުނިގޮނޑު ރީލޮކޭޓް ކުރާނޭ އެހެން ސަރަހައްދެއް އޮތް ކަމަކަށް ވެސް ކައުންސިލަށް ގަބޫލެއް ނުކުރެވެ އެވެ،" މާމިގިލީ ބައިނަލްއަގުވާމީ ބަނދަރަށް މަރުހަބާ ކިޔައި ނެރުނު ބަޔާނުގައިވެ އެވެ.
ކައުންސިލަށް އެނގުމެއް ނެތި މާމިގިލީގައި ގާއިމުކުރާ ބައިނަލްއަގުވާމީ ބަނދަރުގެ ވަގުތީ ރަޖިސްޓްރީ ހެދުމަށްފަހު އިކޮނޮމިކް މިނިސްޓްރީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި ބިމާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް އެނގިފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ކައުންސިލުން އެދިފައި ވަނީ އެތަނުން އެދުނު ކަންކަން އޮޅުންފިލުވައި ދިނުމަށާއި ކައުންސިލާއެކު މަޝްވަރާގެ މޭޒު ދޮށަށް ގޮސް، މާމިގިލީގައި ދިރިއުޅޭ މީހުންގެ ލާބަޔާއި މަންފާ އަށް ބެލުމަށެވެ.
މާމިގިލީގައި ހަދާފައިވާ ބަނދަރުގެ ބައެއް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގަން ޓްރާންސްޕޯޓް އޮތޯރިޓީން އެމްޕީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.
ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ޖުމުލަ 1،300 މީޓަރު ދިގުމިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ.
މާމިގިލީ ބަނދަރު ބައިނަލްއަގްވާމީ ކުރުމަށް ނޭދޭ
މާމިގިލީގައި ހަދާ ބަނދަރުގެ ވަށާފާރު ވައްޓާލައިފި
މާމިގިލީ ބަނދަރު ބައިނަލްއަގުވާމީ ބަނދަރަކަށް!
ގާސިމް މިނިވަންކުރަން ގޮވާލައި މާމިގިލީގައި މުޒާހަރާއެއް
ގާސިމް ހައްޔަރުކުރުމުން މާމިގިލީގައި މުޒާހަރާ ކުރަނީ
ގޯތީގެ ހައްގު ގެއްލުނު މީހަކަށް ސުޕްރީމްކޯޓުން ކާމިޔާބު
އުރީދޫގެ ސުޕަނެޓް، މާމިގިއްޔަށް ތައާރަފްކޮށްފި
ވައްޑެ، ރައީސް ޔާމީނަށް: ސޫރަ ބަލާކަށް ބޭނުމެއް ނޫން
މާމިގިއްޔަށް އިބޫގެ ގިނަ ވައުދުތަކެއް
އިސްލާމިކް ޓޫރިޒަމް ތައާރަފްވާންޖެހޭ: އިބޫ