Roadha Mihaaru
ހަމަލާއަށް ފަހު ފަލަސްތީނަށްދޭ ޓެކްސް ފައިސާ މަދުކޮށްފި

ހަމަލާ އަށް ފަހު ފަލަސްތީނަށް ދޭ ޓެކްސް ފައިސާ އިޒްރޭލުން މަދުކޮށްފި

03 ޖުލައި 2016

ގުދުސް (ޖުލައި 3) - އިޒްރޭލާ ދެކޮޅަށް ފަލަސްތީނު މީހުން ހަމަލާދޭ ކަމަށް ބުނެ، ފަލަސްތީނުގެ ޓެކްސް ފައިސާ އިން ކޮންމެ މަހަކު ވެސް އެ ގައުމަށް ދޫކުރާ މިންވަރު އިޒްރޭލުން މަދުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (ޖުލައި 3) - އިޒްރޭލާ ދެކޮޅަށް ފަލަސްތީނު މީހުން ހަމަލާދޭ ކަމަށް ބުނެ، ފަލަސްތީނުގެ ޓެކްސް ފައިސާ އިން ކޮންމެ މަހަކު ވެސް އެ ގައުމަށް ދޫކުރާ މިންވަރު އިޒްރޭލުން މަދުކޮށްފި އެވެ.

ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ޓެކްސް ފައިސާ ޚަރަދު ކުރަނީ ޓެރަރިސްޓް ހަމަލާ ދޭ ފަލަސްތީނު މީހުންނާއި އެ މީހުންގެ އާއިލާތަކަށް ކަމަށެވެ. އެހެންވެ ކޮންމެ މަހަކު ވެސް ފަލަސްތީނަށް ދޫކުރާ ޓެކްސް ފައިސާ މަދުކުރަން ނަތަންޔާހޫ އަންގަވާފައިވާ ކަމަށް ބޮޑު ވަޒީރު އޮފީހުން ބުންޏެވެ.

ފަލަސްތީނުގެ މާކެޓްތަކަށް ފޮނުވާ މުދާ އިޒްރޭލުގެ ބަނދަރުތަކުން ބާލާ ކަމަށް ބުނެ އެ މުދަލަށް ނަގާ ކަސްޓަމްސް ޑިއުޓީ އިޒްރޭލުން ދަނީ ފަލަސްތީނަށް ނުދީ ހިފަހައްޓަމުންނެވެ. މި ފައިސާ އިން އިޒްރޭލުން ކުރިން ދިޔައީ ކޮންމެ މަހަކު ވެސް ފަލަސްތީނަށް 127 މިލިއަން ޑޮލަރު ދޫކުރަމުންނެވެ.

އިޒްރޭލުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނީ ޓެކްސްގެ ގޮތުގައި ދޭ ފައިސާ ފަލަސްތީނުން ދަނީ ޓެރަރިސްޓުންގެ އާއިލާތަކަށް ވެސް ޚަރަދު ކުރަމުންދާ ކަމަށެވެ. އިޒްރޭލުގެ އޮފިޝަލަކު ބުނީ މަނީ ލޯންޑަރިން އެކި މެތަޑްތައް ބޭނުންކޮށް އެތައް މިލިއަން ފައިސާއެއް ޓެރަރިސްޓުންގެ އާއިލާތަކަށް ފަލަސްތީން ސަރުކާރުން ދޭ ކަމަށެވެ.

އިޒްރޭލުން މި ފިޔަވަޅު އެޅީ ފަލަސްތީނުން ހަމަލާ ދީ އިޒްރޭލު މީހަކު މަރާލުމާ އަދި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ 13 އަހަރުގެ އަންހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި ހާދިސާ އަށް ފަހު އެވެ. އަދި ހުޅަނގު އައްސޭރީގެ ހިބްރޯން ވެސް އިޒްރޭލުން މިހާރު ވަނީ ބަންދުކޮށްފަ އެވެ. --އޭއެފްޕީ