Roadha Mihaaru
އެސޯސިއޭޝަން ކަޕުގެ ގަދަ ފަހެއް ކަނޑައަޅައިފި

އެސޯސިއޭޝަން ކަޕުގެ ގަދަ ފަހެއް ކަނޑައަޅައިފި

15 އޮކްޓޯބަރ 2017

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާ އާއި ޒުވާން ކުޅުންތެރިއާ އަށް ވޮލީބޯލް އެސޯސިއޭޝަން ކަޕުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާ އާއި ޒުވާން ކުޅުންތެރިއާ އަށް ވޮލީބޯލް އެސޯސިއޭޝަން ކަޕުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އަހުމަދު ފާޒިލާއި ސީލައިފްގެ ހަސަން ނިލާމާއި އަލީ ހުޒާމް އަދި އިޝާން މުހައްމަދު (ބަޓިސް) އެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިއާ އަށް ވާދަކުރަނީ ހުސެއިން ރައްޒާނާއި މުހައްމަދު މިމްރާހް ހަސަނާއި އިސްމާއިލް މިމްރާހާއި އަހުމަދު ޝާވިން އަދި އަހުމަދު މަބްރޫކެވެ.

މިހާރުގެ ވޮލީބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ވޮލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މި އެވޯޑްސްގައި ވޮލީބޯޅައިގެ އިތުރުން ހިމެނެނީ ފުޓްބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.