01 އޮކްޓޯބަރ 2017
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުގެ މަރުގެ ހަގީގަތް ވީ އެންމެ އަވަހަކަށް އެނގެން ބޭނުންވާ ކަމަށް ދެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުގެ މަރުގެ ހަގީގަތް ވީ އެންމެ އަވަހަކަށް އެނގެން ބޭނުންވާ ކަމަށް ދެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިން މިއަދު ބުނެފި އެވެ.
ރަހްމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަކުރުމުގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ.
ފުލުހުން ބުނެފައި ވަނީ ޕާޓީ ބާއްވަން އުޅުނު ސަރަހައްދު ބަލައި ފާސް ކުރިއިރު، ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވާ ކަމަށެވެ.
ހާމީން އާއި ސަމާ މަރުވުމުގެ ކުރިން އެހެން ބަޔަކާ އެކު ތިބި ގެ ---ފޮޓޯތައް: މިހާރު
ދެ ޒުވާނުގެ މަރާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ. މި މީހުންގެ މައްޗަށް ފުލުހުން 12 ތުހުމަތެއް ކޮށްފައިވާ އިރު އޭގެ ތެރޭގައި ޕާޓީ ޑްރަގްގެ ބާވަތަކާއި މަސްތުވާ އެހެން އެއްޗެހި ގެންގުޅުން ހިމެނެ އެވެ.
ހާމީނާއި ސަމާގެ އާއިލާ އިން ބުނީ ދެ ޒުވާނުންގެ މަރާ ގުޅިގެން ތަފާތު ގޮތް ގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެންވެ، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް އާއިލާއަށާއި ރައްޔިތުންނަށް ފުލުހުން ހާމަކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެމީހުން ބުންޏެވެ.
ޒުވާނުން މަޖާ ކުރަން ތިބި ކަމަށް ބެލެވޭ ސަރަހައްދު.---ފޮޓޯ: މިހާރު
"ފުލުހުންގެ ތަހުގީގާ މެދު ޝައްކެއް ނުކުރަން. ފުލުހުންނަށް އިތުބާރު ކުރަން. އެކަމަކު ފުލުހުން ޖެހޭނެ ސަމާ އާއި ހާމީން މަރުވީ ކީއްވެކަން ކިޔައި ދޭން،" ހާމީންގެ އާއިލާގެ މީހަކު ބުންޏެވެ.
ދެ ޒުވާނުންގެ އާއިލާގެ މީހުންނާއި އެކުވެރިން ބުނި ގޮތުގައި ސަމާ އާއި ހާމީން މަސްތުވާތަކެތި ބޭނުންކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ގަސްދުގައި ބަޔަކު ސަމާ އާއި ހާމީނަށް ދިން ލަނޑެއް ކަމަށް ބުނުމުގެ ޖާގަ ވަރަށް ބޮޑު ކަމަށް ވެސް ދެ އާއިލާ އިން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކުރި ތިން މީހަކު ނިސްބަތްވަނީ ތ. ތިމަރަފުއްޓަށެވެ. އަނެކަކު ނިސްބަތްވާ ރަށެއް އެނގިފައެއް ނުވެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުޅުމާލެ ބްރާންޗުގައި ވަޒީފާ އަދާކުރަމުން އައި ހާމީނާއި މޯލްޑިވް ގޭސްގެ މުވައްޒަފެއް ކަމަށް ވާ ސަމާ މަރުވީ ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށް، ބޮއިގެން ތިބެ މަޖާކުރަމުން ދަނިކޮށް ކަމަށް ބެލެވެ އެވެ. އެކަމަކު އާއިލާ އާއި ގާތް ރައްޓެހިން ބުނަނީ އެކަން އެ މީހުން ކުރީ އެނގިގެން ކަން ނުވަތަ ނޭނގި ތިބެކަން ސާފުނުވާ ކަމަށެވެ.
ދެ ޒުވާނުންގެ ގާތް އެކުވެރިން ބުނި ގޮތުގައި ސަމާ އާއި ހާމީން މަރުވިކަން އެނގުމުން އެ ތަނުން ދެ މީހަކު ފިލި ކަމަށެވެ. އެ ދުވަހުގެ ހަވީރުއްސުރެ އެ މީހުން އުޅުނީ ސަމާ އާއި ހާމީންނާ އެކު ކަމަށް ވެސް ބައެއް އެކުވެރިން ބުނެ އެވެ.
މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފިލި ދެ މީހުން ވެސް ހިމެނެ އެވެ.
"ދެ މީހަކު ފިލުމަކީ ވެސް މިކަމުގައި ޝައްކުތަކެއް އުފެދޭ ކަމެއް. އެހެންވީމަ އެކަމުން ވެސް އެބަ އެނގޭ މި ކަމުގައި ކަންތައްގަނޑެއް ހިނގައިފިކަން،" ދެ ޒުވާނުންގެ ގާތް އެކުވެރިއަކު ކިޔައިދިނެވެ.
ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ. އެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރުމާއި ކެނަބިސް ބޭނުން ކުރުމާއި އެތަކެތި ޓްރެފިކް ކުރުމާއި ޕެޑަލް ކުރުމުގެ އިތުރުން އެއިން މުއާމަލާތު ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން އެހެން މީހަކު އަމިއްލައަށް މަރުވުމަށް އެދުމުގެ ކުށާއި އެހެން މީހަކު މަރުވުމަށް އެހީތެރިވެދިނުމުގެ ކުށާއި އަމިއްލައަށް މަރުވާން އުޅުމުގެ ކުށުގެ ތުހުމަތު ވެސް ކުރެ އެވެ. އެ މީހުންގެ މައްޗަށް އެ ހުރިހާ ތުހުމަތުތަކެއް ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
ދެ ޒުވާނުންގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް
ދެ ޒުވާނުންގެ މަރާއެކު ހައްޔަރުކުރި މީހުން ދޫކޮށްލައިފި
ދެ މަރު: ހައްޔަރުކުރި މީހުންނަށް ގިނަ ތުހުމަތުތަކެއް
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި
ޑްރަގް އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރުކޮށްފި
ޑްރަގް އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
މަރާލާފައި އޮއްވައި ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!