Roadha Mihaaru
ސީރިއާއަށް ދާން އުޅުނު މީހުންގެ ބަންދަށް 15 ދުވަސް

ސީރިއާއަށް ދާން އުޅުނު ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ޖަހައިފި

23 ސެޕްޓެމްބަރ 2017

ސީރީޔާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ދާން އުޅެނިކޮށް ތުރުކީން ހިފަހައްޓައި، ހައްޔަރުކޮށްގެން މިއަދު ގެނައި ތިން ދިވެހިންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

ސީރީޔާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ދާން އުޅެނިކޮށް ތުރުކީން ހިފަހައްޓައި، ހައްޔަރުކޮށްގެން މިއަދު ގެނައި ތިން ދިވެހިންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެ ތިން މީހުން ސީރިއާ އަށް ދާން މަސައްކަތް ކުރީ ތުރުކީ މަގުންނެވެ. އަދި އެ މީހުން ހައްޔަރު ކުރީ ވެސް ދިވެހި ފުލުހުންނާއި ތުރުކީގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ ތިން މީހުންނާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދާއިރު، ގިނަ ބަޔަކު ވަނީ ހަނގުރާމައިގައި މަރު ވެސް ވެފަ އެވެ.

ޓެރެރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ބޭރު ގައުމެއްގައި ހިނގާ ދާހިލީ ހަނގުރާމައެއްގައި ދިވެހިން ބައިވެރިވުމަކީ ކުށެކެވެ.

މެލޭޝިޔާގެ ފުލުހުން ވެސް ވަރަށް ފަހުން ވަނީ، ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމަށް ބެލެވޭ އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު، އެ ގައުމުން ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން ފަހުން ރާއްޖެ ގެނެސް ދޫކޮށްލާފައިވެ އެވެ.