21 ސެޕްޓެމްބަރ 2017
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ރިޕޯޓުގެ މާ ކުރިން ވެސް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ރިޕޯޓުގެ މާ ކުރިން ވެސް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ފެނަކައަކީ ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތަށް ގިނަ ސިފަކުރަމުން ދަނިކޮށް، އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް އޮޑިޓް ރިޕޯޓުގައި އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮލަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ތެޔޮ ގަތުމުގައި ހިންގި ކޮރަޕްޝަންގެ އިތުރުން މަޝްރޫއުތައް ހަވާލުކުރުމުގައި އެ ކުންފުނިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ މައްސަލައިގެ ކަންބޮޑުވުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޖަނަރޭޓަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަކާއި ހުއްދަ ނެތް ފަރާތްތަކަކުން ޑޮލަރު ގަނެ އެ މީހުންނަށް ކޮމިޝަނުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވުމާއި ޕޭމަންޓް ވައުޗާ ނެތި 12.6 މިލިއަން ރުފިޔާގެ 23 ޓްރާންސެކްޝަން ހަދާފައިވުމާއި އިންވޮއިސް ނެތި 34 މިލިއަން ރުފިޔާގެ 14 ޓްރާންސެކްޝަން ހަދާފައިވުން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމުގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި ޑޮލަރު ގަތުމާއި ތެޔޮ ވިއްކުމާއި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ފެނަކައާ ގުޅޭގޮތުން މިހާރު ތަހުގީގުކުރާ މައްސަލައިގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތައް ވެސް އަޅުގަނޑުމެން ބަލާނަން،" މުއައްވިޒް ވިދާޅުވި އެވެ.
- އިމަޖެންސީ އުސޫލުން އެކި ފަހަރު، 2014 ވަނަ އަހަރު ގަނެފައިވާ ޖަނަރޭޓަރުގެ ތެރެއިން 38 ޖަނަރޭޓަރު އެންމެ ކުންފުންޏަކުން ކޯޓޭޝަން ހޯދައިގެން ގަނެފައިވުން. މިއީ ވަކި ކުންފުންޏަކަށް ފައިސާދޭން ކޮށްފައިވާ ކަމެއް ކަމަށް ރިޕޯޓުގައި ތުހުމަތުކުރޭ.
- އެފްއެސްއެމުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކަކުން ޑީސަލް ގަތުމުގެ ސަބަބުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވުން.
- އެއް ފަރާތެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައިގެން 2015 ވަނަ އަހަރު ޖުމްލަ 4.3 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވުން. މި ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކި ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ޗެކުތަކާއި އެ ވިޔަފާރިތަކުގެ ފަރާތުން އެކަކު ހަވާލުވުން.
- ތ. އަތޮޅުގެ އެކި ރަށްތަކުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކުގެ ބޭނުމަށް އެންމެ ކުންފުންޏަކުން އަގު ހޯދައިގެން ޑީސަލް ގަނެފައިވުން. އެ ކުންފުނިން އެކަނި ވެސް 26 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާއިރު އެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކާފައިވާ އަގު އެފްއެސްއެމުން ފެނަކަ އަށް ކޯޕަރޭޝަނަށް ޑީސަލް ވިއްކަން ހުށަހަޅާފައިވާ އަގަށް ވުރެން، އެވްރެޖް ގޮތެއްގައި ލީޓަރަކުން 1.29 ރުފިޔާ ބޮޑު.
- ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ ބައެއް މަޝްރޫއުތައް އެކި ބައިބަޔަށް ބަހާލައިގެން އެކި ފަހަރުމަތިން ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކާ ހަވާލު ކޮށްފައިވާ އިރު އަންދާސީ ހިސާބު ހޯދަން ކޮންމެ ފަހަރަކު ވެސް އާރުއެފްޕީ ފޮނުވާފައި ވަނީ އެއް ކުންފުނިތަކަކަށް. ޓެކްނިކަލް އިވެލުއޭޝަނުން ބައެއް ކުންފުނިތައް ފޭލްވެފައިވީ ނަމަވެސް އެ ކުންފުނިތަކަށް ވެސް އާރުއެފްޕީ ފޮނުވާފައިވޭ. މި މަޝްރޫއު ބޭރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް.
- މުދަލާއި ޚިދުމަތް ހޯދަން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މުދަލާއި ޚިދުމަތް ފޯރުކޮށްދޭންޖެހޭ މުއްދަތަށް މުދަލާއި ޚިދުމަތް ފޯރުކޮށްނުދެވުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި ޖޫރިމަނާގެ ގޮތުގައި ކަނޑައަޅަން ޖެހޭ ދެ މިލިއަން ރުފިޔާ އުނި ނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވުން.
- ސ. ހިތަދޫގައި ގާއިމްކުރި ފެނަކައިގެ ޝޯ ރޫމަށް ތަކެތި ހޯދަމަށް އިއުލާންކޮށް، ބިޑު ހުށަހެޅި މީހުންގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ލިބުނު މީހުންނާ މަސައްކަތް ހަވާލުކުރުން.
- ކްރެޑިޓް ޕީރިއަޑެއް ނެތި ކޮންޓްރެކްޓަރަށް ފައިސާ ދީފައިވުމުން 2.3 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ހަވާލުކުރުމަށް ނިންމި ނިންމުމުގެ ހަގީގީ މަންފާ ކުންފުންޏަށް ލިބިފައި ނުވުން.
- އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކޮމިޝަންގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ދޫކޮށްފައިވުން. ޑޮލަރު ގަތުމުގެ ހުއްދަ ދީފައި ނުވާ ފަރާތްތަކުން ޑޮލަރު ގަތުން މީގެ އިތުރުން ވެސް ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ފެނަކައިގެ 2014 އަދި 2015ގެ އޮޑިޓް ރިޕޯޓް ނެރުނުއިރު، އެ ދުވަސްވަރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ނިމާލް ވަނީ އޮކްޓޯބަރު 24، 2016 ގައި ފެނަކަ އިން ވަކިކޮށްފަ އެވެ.
ކުރިން ނުފޫޒު، މިފަހަރު ނަތީޖާ ނުނެރެވި ހުސްކަމެއް!
އޭސީސީން ފޮނުވާ މައްސަލަތައް ޕީޖީ އޮފީހުގައި 3 މަސް!
އޭސީސީ ލަސް، ދައުވާކުރަން ފޮނުވީ 1ޕަސެންޓަށް: އޮޑިޓް
ފެނަކައަށް އިންޒާރެއް: ހައްލުނުކޮށްފި ނަމަ ފިޔަވަޅު
ކޮރަޕްޝަން ދެ ކުންފުންޏަކުން: ޒީރޯ ޓޮލަރެންސް ކޮބާ؟
"ވައްކަމެއް ނުކުރަން، އޭސީސީއަށް ދިއުމަކީ ރޭވުމެއް"!
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
އޭސީސީގެ ލަފާ: ކޮރަޕްޝަނަށް ހުޅުވިފައިވާ މާއްދާ އުވާލާ
މާލިއްޔަތު ގަވާއިދު: އަދިވެސް ކޮރަޕްޝަނަށް އޮތް މަގެއް
ފެނަކައިގެ ބޮޑު މަޝްރޫއުއެއް ހުއްޓާލަން އަންގައިފި