Roadha Mihaaru
ހުކުރު ދުވަހާ ހަމައަށް މޫސުން ވަރަށް ގޯސްވާނެ: މެޓު

ހުކުރު ދުވަހާ ހަމައަށް މޫސުން ވަރަށް ގޯސްވާނެ: މެޓު

13 ސެޕްޓެމްބަރ 2017

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުން ދާ ވިއްސާރަ އަލިވާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށާއި އެހާ ހަމަ އަށް، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުން ދާ ވިއްސާރަ އަލިވާނީ އަންނަ ހުކުރު ދުވަހުގެ ފަހުން ކަމަށާއި އެހާ ހަމަ އަށް، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.

ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އަދި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށެވެ.

މޯލްޑިވްސް މީޓިއޮރޮލިޖަކަލް ސާވިސް (މެޓު)ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހާ ހަމަ އަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް ވިއްސާރަ ކުރާނެ އެވެ. އެކަމަކު އެންމެ ބޮޑަށް ވައި ގަދަވާނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ކަމަށް ވިދާޅުވި އެވެ.

މި ސަރަހައްދަށް މެޓުން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

އާއްމު ގޮތެއްގައި ވައި ޖެހެނީ 5-15 މޭލު ބާރުމިނުގައި ނަމަވެސް، މި ދުވަސްކޮޅު މި އަތޮޅުތަކަށް 20-30 މޭލަށް ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި ކޮޅިގަނޑުގައި 45-50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

"ވައި ވަރަށް ގަދަވާނެތީ އަޅުގަނޑުމެން އެދެން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މާލެ އާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބާރަށް ވައި ޖެހި، ވިއްސާރަ ކުރާނެ ކަމަށެވެ.