29 ޖޫން 2016
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2.3 ޕަސެންޓް ދަށްވެ، ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެ އެވެ.
މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2.3 ޕަސެންޓް ދަށްވެ، ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައީ 93،228 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މެއި މަހު އައިސްފައި ވަނީ 95،389 ޓޫރިސްޓުންނެވ
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައީީ ޗައިނާއިންނެވެ. އެ ގައުމުން 25،005 ޓޫރިސްޓުން އައިއިރު އެއީ މިިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 ޕަސެންޓް ދަށް އަދަދެކެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން 10،141 ޓޫރިސްޓުން އައިއިރު އެއީ އޭގެ ކުރީ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ދެ ޕަސެންޓް ދަށް އަދަދެކެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެއީ 7،253 ޓޫރިސްޓުންނެވެ. އެކަމަކު އެ ގައުމުން އައި އަދަދު ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވާ ޖުމްލަ ޓޫރިސްޓުންގެ އަދަދަކީ 540،887 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.5 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގި 117 ރިސޯޓުގައި 25،425 އެނދު އެބަހުއްޓެވެ. އަދި 17 ހޮޓަލުގައި 1،741 އެނދު އަދި 347 ގެސްޓް ހައުސްގައި 5،095 އެނދު އެބަހުއްޓެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕެންސީ 67 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓްގެ ދަށްވުމެކެވެ. ނަމަވެސް ގެސްޓްހައުސްތަކުން ވަނީ ފަސް ޕަސެންޓް ކުރިއެރުމެއް ހޯދައިފަ އެވެ.
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ބޯޑަރު ހުޅުވިފަހުން އައީ އެންމެ 560 ޓޫރިސްޓުން
"ޕީކް ސީޒަން"ގެ މަންޒަރު ބަދަލުވެފައި
މިދިޔަ މަހު އޮކިއުޕަންސީ ހުރީ 43 ޕަސެންޓްގައި
ޗައިނާއިން އައި ޓޫރިސްޓުން ވަރަށް ބޮޑަށް ދަށްވެއްޖެ
ހީނަރުކަމަކަށް ފަހު ޓޫރިޒަމް ރަނގަޅުވާން ފަށައިފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް