07 ސެޕްޓެމްބަރ 2017
ކެންސަރުގެ ނުރައްކާ ރާއްޖޭގައި އޮތް ހާލަތަށް ބަލާއިރު، ދުންފަތް ކޮންޓްރޯލްކުރަން ފަހުން ހެދި ގަވާއިދަކީ ކޮންމެހެން ބޭނުންވާ، މުހިއްމު ގަވާއިދެއް ކަމަށް ކެންސަ ސޮސައިޓީން މިރޭ ބުނެފި އެވެ.
ކެންސަރުގެ ނުރައްކާ ރާއްޖޭގައި އޮތް ހާލަތަށް ބަލާއިރު، ދުންފަތް ކޮންޓްރޯލްކުރަން ފަހުން ހެދި ގަވާއިދަކީ ކޮންމެހެން ބޭނުންވާ، މުހިއްމު ގަވާއިދެއް ކަމަށް ކެންސަ ސޮސައިޓީން މިރޭ ބުނެފި އެވެ.
ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން ނުވަތަ އިންޒާރުގެ މަންޒަރުތައް ގިނަކޮށް، ވަކިން ސިނގިރެޓް ނުވިއްކޭ ގޮތަށް ދުންފަތާ ބެހޭ ގަވާއިދެއް އެކުލަވާލައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
ކެންސަ ސޮސައިޓީގެ ފައުންޑަމެމްބަރު ޑރ. އަބްދުލް މަލިކް ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ދުންފަތް ކޮންޓްރޯލްކުރާ ބޯޑުން އިސްނަގައިގެން "ދުންފަތުގެ ބާވަތްތައް ޕެކޭޖްކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު" އެކުލަވާލުމުން އެ ޖަމިއްޔާ އިން މަރުހަބާ ކިޔާ ކަމަށެވެ. އެ ގަވާއިދުގައިވާ ދެ ކަމަކީ ވެސް ދިވެހި މުޖުތަމައަށް ބަލާއިރު، ދުންފަތް ކޮންޓްރޯލް ކުރަން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް އެ ޖަމިއްޔާ އިން ދެކޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ގަވާއިދެއް އެކުލަވާލުމުން އަޅުގަނޑުމެން ވަރަށް އުފާކޮށްފިން. ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ގިނަވެފައިވާއިރު ނިސްބަތުން ކެންސަރު ބަލި ގިނަ. ކުޑަކުދިންގެ ތެރޭގައި ވެސް ކެންސަރު ބަލި އުޅޭލެއް މަދެއް ނޫން. ރާއްޖެ އަށް ބެލި ކަމުގައިވިއަސް ކެންސަރަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ސަބަބަކީ ދުންފަތް،" މަލިކް ވިދާޅުވި އެވެ.
މިކަމަށް ހައްލެއް ގެނެވޭނެ މުހިއްމު ދެ ފިޔަވަޅެއްގެ ގޮތުގައި، ގަވާއިދުގައި ހިމަނާފައިވާ ކަންކަން ބަލައިގަންނަ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ވީހާ ވެސް އަވަހަކަށް މި ގަވާއިދު ވުޖޫދަށް އައުން. އަދި މި ގަވާއިދުގައި ހުރި ހަރުދަނާ ފިޔަވަޅުތަކުގެ ފައިދާ މުޖުތަމައަށް ކުރުން،" މަލިކް ވިދާޅުވި އެވެ.
ގަވާއިދުގައިވާ ގޮތުން ސިނގިރެޓް ފޮށިތަކާއި އެ ނޫން ވެސް ދުންފަތާ ގުޅުން ހުރި ބާވަތްތަކުގައި ހިމެނޭ އިންޒާރުގެ މެސެޖްތައް މިހާރަށް ވުރެ ގިނަ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތައް ވިއްކާއިރު އިންޒާރުގެ އެ މެސެޖުތަކުގައި ދުންފަތުގެ ގެއްލުން މިހާރަށް ވުރެން ބޮޑަށް ކިޔައިދީ އޭގެން ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލު ގޮތެއްގައި ހިމަނަން ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.
މީގެއިތުރުން، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތަކުން ވެސް ވަކިން ސިނގިރެޓް ނުވިއްކޭނެ އެވެ. އެ ގަވާއިދުގައިވާ ގޮތުން ފިހާރަތަކުން ވެސް ވިއްކަން ޖެހޭނީ މަދުވެގެން ފޮއްޓެކެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައް ވެސް 30 ގްރާމަށް ވުރެން މަދުން ނުވިއްކޭނެ އެވެ.
މިއީ، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ. ދުންފަތުގެ ގެއްލުމާއި އޭގެއިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ބޮޑަށް އެނގޭ ގޮތަކަށް މަންޒަރާ އެކު ވިއްކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާތަކުން ވެސް ބާރު އަޅަ އެވެ. ރާއްޖޭގެ ކެންސަރު ބަލި އޮތް މިންވަރުގެ ކަންބޮޑުވުން ކެންސާ ސޮސައިޓީން ފާޅުކުރިއިރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ނިސްބަތް އަހަރުން ދަނީ މަތިވަމުންނެވެ. އެންމެ އާއްމުކޮށް ކެންސަރު ޖެހޭ ކަމަށް ކުރިން އެޗްޕީއަށް ބެލެވިފައިވަނީ 41-50އާ ދެމެދު އުމުރުފުރަ އެވެ. އެކަމަކު ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އުމުރުފުރާ މިހާރު ވަނީ ވަރަށް ހަގުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ދުންފަތް ބޭނުންނުކުރާ މީހުންގެ ގެތަކަށް އިނާމު ދެނީ
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
އާބާދީގެ 23 ޕަސެންޓް ދުންފަތުގެ އިސްތިއުމާލު ކުރޭ
ދުންފަތް ބޭނުންކުރުމުގެ ސަގާފަތް ބަދަލުވެ މާ ނުރައްކާ!
މިއީ ދުންފަތަށް ނޫނެކޭ ބުނާ ދުވަހަކަށް ހަދަމާ: ރައީސް
ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟
ދުންފަތުން ނަގާ ޓެކްސް އިތުރުކުރަންޖެހޭ: ނައިބު ރައީސް
ދުންފަތާ ދެކޮޅު މަސައްކަތަށް ގޮންޖެހުން ގިނަ:މިނިސްޓަރު
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި