Roadha Mihaaru
ސެމީގެ ދެ ވަަނަ މެޗުގައި ސޮނޭވާ އާއި ބަނޑޮސް

ސެމީގެ ދެ ވަަނަ މެޗުގައި ސޮނޭވާ އާއި ބަނޑޮސް

24 އޯގަސްޓް 2017

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް އައިލެންޑް ރިޒޯޓާއި ސޮނޭވާ ފުށި ބައްދަލުކުރަން ޖެހިއްޖެ އެވެ.

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް އައިލެންޑް ރިޒޯޓާއި ސޮނޭވާ ފުށި ބައްދަލުކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމު ވެސް ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން އުނދަގޫ މޮޅެއް ހޯދި ނަމަވެސް އިއްޔެ ކުޅުނު ދެ ވަނަ ލެގުގެ މެޗުތައް ކާމިޔާބުކުރީ ފަސޭހަކަމާ އެކު އެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސޮނޭވާ އާއި ބަނޑޮސް ބައްދަލުކުރާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ބަނޑޮހުގަ އެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ ހޯމަ ދުވަހު ސޮނޭވާގަ އެވެ.

އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޖުމެއިރާ ވިޓަވެލިއާ ވާދަކޮށް ބަނޑޮސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-22، 26-24 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ބަނޑޮހަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ އަޝްފާގު އާދަމް (އައްކަޅޭ) އަށެވެ.

އަނެއް މެޗުން ސޮނޭވާ ވެސް ވަނީ ސީދާ ތިން ސެޓުން ފަސޭހަކަމާ އެކު ކޮންރެޑް މޯލްޑިވްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގެ ސެޓުތައް ސޮނޭވާ އިން ގެންދިޔައީ 19-25، 19-25 އަދި 14-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ސޮނޭވާ އަށް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިއާ އަލީ ހުޒާމް އެވެ.

އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު އެވެ.