Roadha Mihaaru
ފުރަތަމަ ސެމީގައި އަނަންތާރާ އާއި ގްރޭންޑް ޕާކް

ފުރަތަމަ ސެމީގައި އަނަންތާރާ އާއި ގްރޭންޑް ޕާކް

23 އޯގަސްޓް 2017

އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ސެމީގައި ގްރޭންޑް ޕާކް ކޮއްދިއްޕަރާއި އަނަންތަރާ ކިހާވަށް ވާދަކުރަން ޖެހިއްޖެ އެވެ.

އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ސެމީގައި ގްރޭންޑް ޕާކް ކޮއްދިއްޕަރާއި އަނަންތަރާ ކިހާވަށް ވާދަކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެގެންނެވެ. މި ދެ ޓީމު ކުޅޭ ސެމީގެ ފުރަތަމަ ލެގު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އިއްޔެ އަނަންތާރާ މޮޅުވީ ޝެރަޓަން މޯލްޑިވްސްއާ ވާދަކޮށް ތިން ސެޓު ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 13-25 އިން އަނަންތަރާ ގެންގޮސްފައިވަނިކޮށް ޝެރަޓަން ވަނީ ދެ ވަނަ ސެޓު 26-24 އިންނެވެ. އަނަންތަރާ ތިން ވަނަ ސެޓު ގެންދިޔައީ 16-25 އިންނެވެ. ޝެރަޓަން ވަނީ ކުޅުން ރަނގަޅުކޮށް 25-22 އިން ހަތަރު ވަަނަ ސެޓު ގެންގޮސްފަ އެވެ. އަނަންތަރާ މޮޅުވީ ފަހު ސެޓު 12-15 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުރަތަމަ ލެގުގެ ވެސް މޮޅު ކުޅުންތެރިއާ އަނަންތަރާ އަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ގްރޭންޑް ޕާކް ދެ ވަނަ ލެގުން ވެސް ނިޔާމައާ ވާދަކޮށް މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. ގްރޭންޑް ޕާކް ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-20، 25-22 އިންނެވެ. ތިން ވަނަ ސެޓު ނިޔާމަ އިން ގެންދިޔައީ 25-27 އިންނެވެ. ގްރޭންޑް ޕާކް މޮޅުވީ ހަތަރު ވަނަ ސެޓު 25-19 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ ގްރޭންޑް ޕާކުގެ މުހައްމަދު ގާސިމް އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު އެވެ.