Roadha Mihaaru
ޖަލަށް ލާފައި ހުރި މަފާޒް "މިނިވަންވީ" ކިހިނެއް؟

ޖަލަށް ލާފައި ހުރި މަފާޒް "މިނިވަންވީ" ކިހިނެއް؟

13 އޯގަސްޓް 2017

މާލޭގެ ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ހަރައި، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހައްޔަރުކުރި މުހައްމަދު މަފާޒު، ގ. ޝާރާޒް، އަކީ ބޮޑު އެހެން މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަން ޖެހޭ މީހެކެވެ. އެކަމަކު އޭނާ "މިނިވަންވެގެން" އުޅުނު ގޮތާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ނަދީމްގެ މަރާ ގުޅިގެން މަފާޒް ހަޔަރުކުރުމުން އެ ސުވާލުގެ ސީރިއަސްކަން އަދި މާ ބޮޑެވެ.

ފުލުހުންގެ ރެކޯޑުތައް ދައްކާ ގޮތުން މަފާޒަކީ ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެކެކެވެ. ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި އިރު މޮނިކޮން އަމުރުގެ ދަށުން ޓެގު ވެސް އެޅުވި އެވެ. ޝަރީއަތް ނިމެންދެން މަފާޒް ޖަލުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ، މޮނިކޮން އަމުރާ ހިލާފު ވެގެން އޭނާގެ މައްޗަށް އުފުލި ދައުވާގަ އެވެ.

އެހާ ނުރައްކާތެރި މީހަކު އާއްމުންގެ ތެރެއަށް ދޫވެފައި ހުރި ސަބަބާ ގުޅޭ ގޮތުން އާއްމުން ސުވާލު އުފައްދަމުން ދިޔައަސް ކަމާ ގުޅޭ މުއައްސަސާތަކުން އެކަމާ ބެހޭ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި ހޯމް މިނިސްޓްރީން ވެސް އެއްޗެކޭ ނުބުނެ އެވެ.

ނަދީމްގެ މަރުގެ މައްސަލާގައި މަފާޒް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ނަދީމްގެ މަރުގެ މައްސަލާގައި މަފާޒް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަފާޒް ދޫވި ގޮތާ ގުޅޭ ގޮތުން މިއަދުގެ ވަގުތެއްގައި މައުލޫމާތު އާއްމުކުރާނެ ކަމަށެވެ.

މަފާޒް ދޫވި މައްސަލާގައި ކަމާ ގުޅޭ އިދާރާތަކުން ޒިންމާ އުފުލަން ޖެހޭ ކަމަށް ބުނެ އާއްމުންގެ ފާޑިކިއުން ވަނީ ބޮޑުވެފަ އެވެ. މަރުގެ ތުހުމަތުގައި ހައްޔަރުކޮށް، މަފާޒްގެ ބަންދަށް ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. އެކަމަކު ސިޔާސީ ބޭފުޅުންގެ ތަހުގީގުތަކުގައި ބައެއް ބޭފުޅުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބައެއް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދުކޮށް، އަދި ބައެއް މީހުންނަށް ތަކުރާރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަމުން ދާތީ އާންމުންގެ ފާޑުކިއުން ބޮޑެވެ.

ހއ. ތަކަންދޫ ޒުވާނެއް ކަމަށްވާ ނަދީމަށް ދިން ހަމަލާއަށް ފަހު މަރުވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.