31 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހަށް ވަޑައިގަތުމަށް ހުރަސް ނޭޅުމުގެ ގޮތުން، އޭނާ އަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތުގެ މިއަދު އަޑުއެހުން މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހަށް ވަޑައިގަތުމަށް ހުރަސް ނޭޅުމުގެ ގޮތުން، އޭނާ އަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތުގެ މިއަދު އަޑުއެހުން މެދުކަނޑާލައިފި އެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން މެދުކަނޑާލީ ބަންދުގައި ހުންނެވި ފާރިސް މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު އެދިވަޑައިގަތުމުންނެވެ.
އެގޮތަށް މައުމޫން އެދިވަޑައިގަތުމުން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ފާރިސް ބަންދުގައި ހުރީ މި މައްސަލައާ ގުޅިގެން ނޫން ކަމަށާއި މި މައްސަލައާ ގުޅިގެން ފާރިސް މަޖިލީހަށް ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުން މިއަދުގެ ހަވީރާ ހަމައަށް މެދުކަނޑުއްވާލެއްވީ ކަމަށާއި ފާރިސަށް "މަޖިލީހަށް ވަޑައިގެންނެވެންޏާ ވަޑައިގަތުމަށް" ފުރުސަތު ދެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެކަމަކު ފާރިސް މަޖިލީހަށް ހާޒިރުކޮށްދޭނެ ކަމެއް އަދި ޔަގީނެއް ނުވެ އެވެ. ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާތީ އޭނާ ބަލަހައްޓަމުން ގެންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.
މީގެ ކުރިން ހައްޔަރުކުރި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މަޖިލީހަށް ހާޒިރުކޮށްދީފައެއް ނުވެ އެވެ.
ޝަރީއަތުގައި މައުމޫން ވިދާޅުވި ގޮތުގައި ފާރިސް ބަންދުގައި ހުންނެވުމާއި މަޖިލީހުގެ ޖަލްސާ މިއަދު ހިނގަމުންދާއިރު ފާރިސްގެ ޝަރީއަތެއް ބޭއްވުމުން ފާރިސް މަޖިލީހުގައި އަދާ ކުރައްވަންޖެހޭ ގާނޫނީ ވާޖިބަށް ހުރަސް އެޅޭ ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަން މައުމޫން ފާހަގަ ކުރެއްވި އެވެ.
ގާޒީ އިބްރާހިމް ވިދާޅުވި ގޮތުގައި މިއަދަށް އަޑުއެހުން ތާވަލްކުރީ މަޖިލީހުގެ ޖަލްސާއަށް ބައްލަވައިގެން ނޫން ކަމަށާއި ފާރިސް މަޖިލީހަށް ވަޑައިގަތުމަށް ހުރަސް އަޅުއްވަން ކޯޓުން ކަމެއް ނުކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. މަޖިލީހަށް ވަޑައިގަތުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ޝަރީއަތް މެދުކަނޑާލުމަށް ފަހު ދެން ފަށާނީ މިއަދު ހަވީރު 5:00 ގައި ކަމަށް ގާޒީ ވިދާޅުވި އެވެ.
ފާރިސް މިވަގުތު ބަންދު ކޮށްފައި ހުރީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގެ ތަހުގީގު އަދި ދަނީ ކުރިއަށެވެ.
ފާރިސް އަށް ހުކުމް ކުރުމުން ޑޯރިސް ކަންބޮޑުވެއްޖެ
ފާރިސް އަށް ދައުވާ ކުރީ ނާއިންސާފުން، އަޒުމަށް ސާބަސް
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް
ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
މަޖިލިސް ހަތަރު މެމްބަރަކު ޝަހުސް އޮޅުވާލި: މައުމޫން
"ފާރިސްއާ ދެކޮޅު ހެކިންނަށް ވަޒީފާގެ ބިރު އެބައޮތް"
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި
ފާރިސް ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން: ޕާޓީތައް
ޝަރީއަތް މަޑުނުޖައްސަން ނިންމުމުން އިސްތިއުނާފަށް ދަނީ
ޝަރުތުތަކަކާ އެކު ވައްޑެ ދޫކޮށްލައިފި