ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އާންމުކޮށް މިރޭ އިއުލާން ކުރި ނަމަވެސް އޭނާ ހުންނެވީ ފިއްލަވައިގެން ނޫން ކަމަށް ސައުދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އާންމުކޮށް މިރޭ އިއުލާން ކުރި ނަމަވެސް އޭނާ ހުންނެވީ ފިއްލަވައިގެން ނޫން ކަމަށް ސައުދު ވިދާޅުވެއްޖެ އެވެ.
ސައުދުގެ ފޮޓޯ އާންމުކޮށް އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރިތާ ގަޑިއެއްހާއިރު ފަހުން ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ.
"އަޅުގަނޑު ގެއްލުވާލަން އުޅުނަސް އިރާދަކުރެއްވިއްޔާ ނުގެއްލުވޭނެ. އަޅުގަނޑު ނުފިލާނަން. އަމުރު ރަނގަޅުތޯ؟،" ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއްގެ ދަށުން ސައުދު މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، އެ އަމުރު ސައްހަ ނޫން ކަން އެނގިގެން އެ ރޭ ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކުރައްވަައި އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ހަރަކާތުގެ މައި މަރުކަޒު އަދި ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ސައުދު ހުންނަވަނިކޮށް، ހައްޔަރުކުރުމަށް ފަހު އެ ރޭ ދޫކޮށްލީ، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ނެރުއްވި އަމުރުގެ ވަކި ހިސާބެއްގައި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ނަން ލިޔުއްވާފައި އޮތުމުން އެ އަމުރު ސައްހަ ނުވުމުން ކަމަށް އެނގިފައިވެ އެވެ. އަމީތު ވަނީ މިދިޔަ ހޯމަ ދުވަހު ނެރުނު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ސައުދު މި ހޯދަނީ ބެލެވޭ ގޮތުގައި އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ހައްޔަރުކޮށްފައިވާ މައްސަލައިގެ ތުހުމަތަށެވެ.
ސައުދު ހައްޔަރުކުރުމަށް ކުރިން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރަނީ ރައްޔިތުންގެ މަޖިލިހުގެ ސަރަހައްދު މިދިޔަ ހޯމަ ދުވަހު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު ފުލުހުންގެ ސަފުތައް ރޫޅާލައި މަޖިލިހުގެ އިދާރާ އަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ސައުދަކީ ރައްޔިތުންގެ މަޖިލިހަށް ހޯމަ ދުވަހު ވަދެވަޑައިގެންނެވި އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނެ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭން މަޖިލިހުގެ އިދާރާ އިން އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވަހީދާއި އަމީތާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލްކޮށްދިނުމަށް އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. ވަހީދާއި އަމީތާއި ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
އިދިކޮޅު މެމްބަރުން ފުލުފުލުގައި ފުލުހަށް!
ގާނޫނާ ޚިލާފު ކަންކަން އަވަހަށް ހުއްޓޭނެ: ޝާހިދު
އިތުރު ތިން މެމްބަރަކު ވެސް މާދަމާ ފުލުހަށް ގެންދަނީ
މެމްބަރުން ހައްޔަރު ކުރި މައްސަލަ އިސްތިއުނާފް ކުރަނީ
އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގުކޮށްދީ: އިބޫ
ސުޕްރީމް ކޯޓުގައި އޮތީ ސިފައިންގެ ބާރު: ސައުދު
"ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން ކަންބޮޑުވޭ"
ހައްގުތަކަށް އިހުތިރާމް ކުރަން ކެނެޑާއިން ގޮވާލައިފި
"މިތިބީ ބަތަލުންގެ ގޮތުގައި، ހަނގުރާމައިން މޮޅުވާނެ"