27 ޖުލައި 2017
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި މިހާރު ހިންގާ ހަރަކާތްތަކާ ގުޅިގެން ފުލުހުން އަމަލުކުރާ ގޮތް ބަލަމުން އަންނަ ކަމަށް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި މިހާރު ހިންގާ ހަރަކާތްތަކާ ގުޅިގެން ފުލުހުން އަމަލުކުރާ ގޮތް ބަލަމުން އަންނަ ކަމަށް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެެވެ.
އެ ކޮމިޝަންގެ ރައީސް ޔޫސުފް މާނިއު މިއަދު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި މަޖިލިހުގެ މެމްބަރުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމާއި ފަހަކަށް އައިސް ހިނގަމުންދާ ސިޔާސީ ހަރަކާތްތަކުގައި ކަންތައްތައް ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެ ހަރަކާތްތައް ބެލުމަށް އެންއައިސީގެ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށާއި ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި ނަގައި، ދިރާސާ ކުރާ ކަމަށް މާނިއު ވިދާޅުވި އެވެ.
"އެއްވެސް ބަޔަކަށް އަނިޔާއެއް ވޭތޯ ބަލާނެ. ވީޑިއޯ އެއްޗެހި ނަގައި އެ ތަކެތި އިވެލުއޭޓް ކުރަމުން މިދަނީ. ފުރިހަމަ އިންވެސްޓިގޭޝަނެއް އެބަ ހިންގަން،" މާނިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް ބެލުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. އަދި ގާނޫނޫގެ ދަށުން ލިބޭ ހުރިހާ ބާރެއްގެ ބޭނުން ކުރާނެ ކަމަށް ވެްސް މާނިއު ވިދާޅުވި އެވެ.
އެންއައިސީން އެހެން ބުނިއިރު، އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުން ކަވަރު ކުރަން ތިބި ބައެއް ނޫސްވެރިންނަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށް، އާދަޔާ ޚިލާފަށް ފުލުހުން ބާރުގެ ބޭނުންކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހަތް ނޫސްވެރިން ހައްޔަރުކުރިއިރު، އޭގެ ތެރެއިން އެކެއްގެ މޭގައި ފުލުހަކު ވަނީ ކޮޅުފައިން ޖަަހައިފަ އެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މީޑިއާގެ ފިއްތުންތަކުގެ ތެރެއިން އެ ނޫސްވެރިން ރޭ ވަނީ ދޫކޮށްލައިފަ އެވެ.
އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ހޯމަ ދުވަހު ވަންނަން އުޅުމުން އެބޭފުޅުންނަށް ފުލުހުން ހުރަސް އަޅައި، އަދި މަޖިލިހުގެ އިދާރާ އަށް ފުލުހުން ވަދެ މެމްބަރުން ގަދަކަމުން ނެރުނު މައްސަލަ ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެންއައިސީ އަށް ހުށަހަޅައިފަ އެވެ.
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިިފި
ދެ ފުލުހެއްގެ މައްސަލަ ބަލައިދޭން އެންއައިސީ އަށް
މައުމޫންގެ ސުވާލެއް ސަރުކާރަށް
ކުނޫޒު އޮތީ ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި
އިންޑިއާ އައުޓް ބޮޑު ހަރަކާތް ނުބޭއްވޭނެކަން އަންގައިފި
ޕޮލިހަށް ގެންދިޔަ 12 މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި
މަގުތަކުގައި އެއްނުވެ ހިޔާލުފާޅު ކުރޭ: ފައިރޫޝް
ފުލުހުންގެ ދިފާއުގައި އިދިކޮޅުން މުޒާހަރާކޮށްފި