21 ޖުލައި 2017
މިދިޔަ އަހަރު އަރަބިއްޔާ ސްކޫލުން ހުރިހާ ގޮތަކުން އެއް ވަނަ މުހައްމަދު މަފާޒު ހޯދައިފި އެވެ.
މިދިޔަ އަހަރު އަރަބިއްޔާ ސްކޫލުން ހުރިހާ ގޮތަކުން އެއް ވަނަ މުހައްމަދު މަފާޒު ހޯދައިފި އެވެ.
ރޭ އެ ސްކޫލުގައި ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި މަފާޒު، ގދ. ވާދޫ، މޫރިތި އަށް އިނާމުތައް ހަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ސުލެއިމާން އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
މަފާޒު ވަނީ ދެ މާއްދާއިން އޭ އަދި 16 މާއްދާއިން އޭ* ހޯދައިފަ އެވެ. އޭނާއަށް ރައީސް އަބްދުﷲ ޔާމީން ވަނީ ސްކޮލަޝިޕެއް ދެއްވައިފަ އެެވެ.
އަރަބިއްޔާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ދަރިވަރަކަށް އިނާމް ހަވާލުކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީގެ ރައީސް ސުލެއިމާން ވިދާޅުވީ ދިރިއުޅުމުގެ ރީތި މިސާލުތަކާއި މުހިއްމު އަސާސުތައް ދަރިވަރުންނަށް ދަސްކޮށްދޭން ކަމަށެވެ. އެގޮތުން ފެނާއި އަލިފާނުގެ ތަފާތު ދަރިވަރުންނަށް ކިޔައިދޭންޖެހޭ ކަމަށް ސުލެއިމާން ވިދާޅުވި އެވެ.
ސުލެއިމާން ވިދާޅުވީ ދަރިވަރުންނަށް ގިޔާމަތުގެ ވާހަކައާ ޖިހާދުގެ ވާހަކަތައް ވެސް ކިޔަައިދޭންޖެހޭ ކަމަށެވެ. އެކަންތައްތައް ނުކިޔައިދެވުމުގެ ސަބަބުން އޭގެ ނުބައި ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
ތައުލީމު ފުޅާވެ ދަރިވަރުންނަށް މައުލޫމާތުގެ އެކި ދޮރުތައް ހުޅުވިފައިވާކަން ވެސް، ކުރިން އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސުލައިމާން ވިދާޅުވި އެވެ.
"މިހާރު" އާ ވާހަކަދައްކަމުން މަފާޒު ބުނީ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވޭނެ ކަމަކަށް އުއްމީދުނުކުރާ ކަމަށެެވެ. ނަމަވެސް ރަނގަޅު ވަނައެއް ހޯދުމަށް ވަރަށް ބުރަކޮށް މަސަައްކަތްކުރި ކަން އޭނާ ފާހަގަކުރި އެވެ.
މާލެ: ޖުލައި 20، 2017- މަދްރަސަތުލް އަރަބިއްޔާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އޭނާ ބުނީ ސްކޫލުގެ ގިނަ ކަންކަމާއި އަމިއްލަ ގިނަ ކަންކަން ވެސް ދޫކޮށްލައިގެން ހުސްވެގެން ހުރީ ހަމަ ކިޔެވުމަށެވެ. އެހެންވެ ސްކޮލަޝިޕާ ހަމައަށް ދެވޭނެ ކަމަށް އުއްމީދުކުރި ކަމަށް ބުންޏެވެ.
މަފާޒު ވަނީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ނަސޭހަތެއް ދީފަ އެވެ؛ ދުނިޔެއަށް ނަތީޖާ ދެއްކުމަށްވުރެ އަމިއްލައަށް އެއްޗެއް އުނގެނުން މުހިއްމު ކަމަށް އޭނާ ބުންޏެވެ.
އޭނާ މިހާރު ތައްޔާރުވަމުން ދަނީ އުސޫލުލް ފިގުހުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށެވެ.
އަމީނިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ތުގާ
އަޒުހަރުން ފޮނުވި ޓީޗަރުންނާ މިނިސްޓަރު ބައްދަލުކޮށްފި
ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަަކަށް އާލާ
އިސްކަންދަރު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އަޒްހާ
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ ޕްރިންސިޕަލްކަން ޝުޖާއުއަށް ދޭން އަންގައިފި
ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަކަށް ނުބުނަން:އަރަބިއްޔާ
އަރަބިއްޔާއަށް ޕްރިންސިޕަލަކު އައްޔަން ނުކުރަން އަމުރެއް
އަރަބިއްޔާ ނެތިކޮށްލަން އުޅޭކަމަށް ހީކުރުމަކީ ކުށްހީއެއް