20 ޖުލައި 2017
ޕީޕީއެމުން ވަކިކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ގޮނޑި ހުސްނުވާކަމުގެ އަމުރަކާއި އިލެކްޝަންސްގެ ނިންމުން ބާތިލްކުރުމުގެ އަމުރަކަށް އެ ހަތަރު މެމްބަރުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ޕީޕީއެމުން ވަކިކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުންގެ ގޮނޑި ހުސްނުވާކަމުގެ އަމުރަކާއި އިލެކްޝަންސްގެ ނިންމުން ބާތިލްކުރުމުގެ އަމުރަކަށް އެ ހަތަރު މެމްބަރުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން ނިންމީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދުގެ ގޮނޑި ހުސްވެފައިވާ ކަމަށެވެ. އަދި އެ ދާއިރާތަކުގެ ބައިއިލެކްޝަން ބާއްވަން ހަމަޖައްސައި އެކަން އިއްޔެ ވަނީ އިއުލާން ވެސް ކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަައްޑެ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަމަލްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އަދި އޭގެ ފަހުން ނެރުނު އަމުރާ ވެސް ހިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާ ގޮތުން، ވަކި ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިކުރުން، ވަކިވުން އަދި އެހެން ޕާޓީއަކާ ގުޅުމުން މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް ހުކުމް ކުރި ދުވަހުގެ ކުރިން ހިނގާފައިވާ ކަމަކަށް އެ ހުކުމެއް ނުހިނގާނެ އެވެ. އަދި ރާއްޖޭގައި އަމަލްކުރަމުން އަންނަ އެއްވެސް ގާނޫނަކާއި ގަވާއިދަކަށް ތަބާނުވާކަށް ވެސް ހުކުމުގައި ކަނޑައަޅާފައެއް ނުވާނެ އެވެ.
މި އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ސުޕްރީމް ކޯޓުން ޖުލައި 13 ގައި ހުކުމް ކުރުމުގެ ކުރިން ޕީޕީއެމުން ވަކިވެފައިވާ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. އަދި އޭގެ ކުރިން އެ ޕާޓީން ވަކިކޮށްފައިވާ ނުވަތަ ވަކިވެފައިވާ މެމްބަރެއްގެ ގޮނޑި ވެސް ނުގެއްލޭނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެ އެވެ.
އެކަމަކު ސަރުކާރު ހިންގާ ޕީޕީއެމްގެ އަމަލްތައް ހުރީ އެ ގޮތަކަށް ނޫނެވެ. ކުރިން ޕާޓީން ވަކިކޮށްފައިވާ މެމްބަރުންނަށް ވެސް އެންގީ އެ މެމްބަރުން ޕާޓީން ވަކިނުވާ ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން އަތުވެދާނެ ހުކުމެއްގައި، އެ މެމްބަރުން ތާށިކޮށް ގަނޑެއް ގަންނަން ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ. އެންމެ ފަހުން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އިން އެންގީ، އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ޕީޕީއެމްގެ އެ ރޭވުމުގެ ދަށުންނެވެ.
"އިލެކްޝަންސް ކޮމިޝަނުން [އެވަނީ] ލިބިފައިނުވާ ބާރެއް ބޭނުންކުރައްވައިގެން ބައިއިލެކްޝަން އިއުލާންކުރައްވާފައި. [އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި] އެދުނީ އެ ނިންމުން ބާތިލްކޮށްދޭށާއި އެ ގޮނޑިތައް ދަމަހައްޓައިދީ، ގޮނޑިތައް ހުސްނުވާކަމުގެ އަމުރަކަށް،" ވައްޑެ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބައިއިލެކްޝަންގެ ކަންކަން ކުރިއަށް ގެންދާ ނަމަ އޭނާ އާއި އޭނާއަށް ވޯޓުލީ އެތައް ހާސް ރައްޔިތުންގެ ހައްގު ގެއްލިދާނެތީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމައި ފައިސިލާކޮށްދިނުމަށް ކަމަށެވެ.
މިއީ "އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ ވަރަށް ނުބަައި ގަވާއިދާއި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް. މިއީ ރައްޔިތުން ދެކެން ބޭނުންވާ ކަންކަމެއް ނޫން،" އަމީތު ވިދާޅުވި އެވެ.
އިލެކްޝަންސް އިން އެގޮތަށް ނިންމާފައި އެވަނީ، ސައުދު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓަކީ ނެތް ތަނެއް ކަމަށް ބަލައިގެންނެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ވަންޏާ އެކަން ކަނޑައަޅަނީ ސުޕްރީމް ކޯޓުން ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ހިތުހުރި ގޮތަކަށް ކޮށްފައި އޮތް ކަމެއް،" ސައުދު ވިދާޅުވި އެވެ.
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް
ހަތަރު މެމްބަރުންގެ މައްސަލަ މާދަމާ ނިންމަނީ
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ގޮނޑީގެ މައްސަލަ ކޯޓުން ސާފުކޮށްދޭންޖެހޭ: މެމްބަރުން
މެންބަރުކަމާ މެދު ޚިލާފު އުފެދޭ ކަމެއް ނެތް
ގޮނޑިތައް ގެއްލިއްޖެކަމަށް އިލެކްޝަންސުން ނިންމައިފި
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"
ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް
ހަ މެމްބަރެއްގެ އިމްތިޔާޒުތަކާއި އިނާޔަތް ކަނޑާލައިފި