04 ޖުލައި 2017
ކުޑަކުދިންގެ ވާހަކަ ފޮތްތަކުގައި ހުންނަ ފޮޓޯ ބަލަން އެ ކުދިން ވަރަށް ޝައުގުވެރިވެ އެވެ. ނަމަވެސް ޕްރީ ސްކޫލަށް ދާ އުމުރުގެ ކުދިންނަށް ކިޔައިދޭ ވާހަކަ ފޮތްތަކުގައި ކޮންމެ ސަފުހާއެއްގައި އެއް ތަސްވީރަށް ވުރެ ގިނައިން ހުރުމުން ކުޑަކުދިންނަށް ބަސްތައް ދަސްކުރަން އުނދަގޫވާނެ ކަމަށް ފަހުގެ ދިރާސާއަކަށް ފަހު ރިސާޗަރުން ވަނީ ބުނެފަ އެވެ.
ކުޑަކުދިންގެ ވާހަކަ ފޮތްތަކުގައި ހުންނަ ފޮޓޯ ބަލަން އެ ކުދިން ވަރަށް ޝައުގުވެރިވެ އެވެ. ނަމަވެސް ޕްރީ ސްކޫލަށް ދާ އުމުރުގެ ކުދިންނަށް ކިޔައިދޭ ވާހަކަ ފޮތްތަކުގައި ކޮންމެ ސަފުހާއެއްގައި އެއް ތަސްވީރަށް ވުރެ ގިނައިން ހުރުމުން ކުޑަކުދިންނަށް ބަސްތައް ދަސްކުރަން އުނދަގޫވާނެ ކަމަށް ފަހުގެ ދިރާސާއަކަށް ފަހު ރިސާޗަރުން ވަނީ ބުނެފަ އެވެ.
ޖާނަލް އިންފަންޓް އެންޑް ޗައިލްޑް ޑިވެލޮޕްމަންޓްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ހޯދުންތަކުގައި ވަނީ ބެލެނިވެރިންނަށާއި ނާސަރީގައި ކިޔަވައިދޭ ޓީޗަރުންނަށް މި މައްސަލަ ހައްލުކުރާނެ ރަނގަޅު ގޮތެއް ވެސް ބުނެދީފަ އެވެ. އަދި މިގޮތަށް ކުދިންނަށް ދަސްކޮށްދޭން ތައްޔާރުކުރާ ލިޔެކިޔުންތައް ތައްޔާރު ކުރުމުން ކުޑަކުދިންނަށް މާ ރަނގަޅަށް ބަސްތައް ކިޔަން ދަސްވާނެ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
"ނަސީބަކުން ކުޑަކުދިންނަކީ ވާހަކަ އަޑުއަހާހިތްވާ ބައެއް. އަދި ބޮޑެތި މީހުން ކުޑަކުދިންނަށް ވާހަކަ ކިޔައިދޭހިތްވެސް ވޭ. ނަމަވެސް މާ ކުޑަކުޑަ ކުދިންނަށް ފޮތް ދައްކައިގެން ވާހަކަ ކިޔައިދޭއިރު ބަލަންވީ ކޮން ތަނަކަށް ކަމެއް ނޭނގޭ. ސަބަބަކީ އެ ކުދިންނަށް ފޮތުގައި ލިޔެފައި ހުންނަ އެއްޗެހި ކިޔަން ނޭނގޭތީ. މިއީ ފޮތުގައި ހުންނަ އާ ބަސްތައް ކުދިންނަށް ދަސްކުރުމަށް އުނދަގޫވާ ކަމެއް،" އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ސަސެކްސްގެ ފަރާތުން މި ދިރާސާ ރިޕޯޓު ލިޔުއްވުމުގައި ބައިވެރިވި ޒޯ ފްލެކް ވިދާޅުވި އެވެ.
މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކުދިންނަށް ބާރަށް އެއްޗެހި ކިޔައިދިނުމަކީ އެކުދިންގެ ކިބައިގައި ފޮތްކިއުމުގެ އާދަ ހަރުލާނެ ކަމެކެވެ. އަދި ކުދިންނަށް ވީހާ ވެސް ޅަފަތުގައި ވާހަކަ ކިޔައިދޭން ފެށުމުން ނެރެވޭ ނަތީޖާ ވެސް ރަނގަޅުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
މި ދިރާސާކުރުމުގެ ގޮތުން ރިސާޗަރުން ވަނީ ތިން އަހަރުގެ ކުދިންތަކަކަށް އަޑުގަދަކޮށް ފޮތް ކިޔައިދީފަ އެވެ. މި ގޮތުން އެއް ފަހަރު ކިޔައިދިން ފޮތުގައި ކޮންމެ ގަނޑެއްގައި އިނީ އެއް ފޮޓޯ އެވެ. ދެ ވަނަ ފަހަރަށް ކިޔައދިން ފޮތުގައި ގަނޑެއްގައި ދެ ފޮޓޯ އިނެވެ.
ރިސާޗަރުންނަށް ފާހަގަކުރެވުނު ގޮތުގައި ސަފުހާއެއްގައި އެންމެ ފޮޓޯއެއް އިން ފޮތް ކިޔައިދިނުމުން ކުދިންނަށް ދަސްވި ބަސްތައް ސަފުހާއެއްގައި ދެ ފޮޓޯ ނުވަތަ އެއަށް ވުރެ ގިނަ ފޮޓޯ ހުރި ފޮތްތަކުން ކިޔައިދިން ވާހަކައިން ދަސްވި ބަސްތަކަށް ވުރެ ދެ ގުނަ އިތުރެވެ.
މި ދިރާސާގެ ފޮލޯ-އަޕް އެކްސްޕެރިމެންޓެއްގައި ރިސާޗަރުން ވަނީ އެ ސަފުހާއެއްގައިވާ ރަނގަޅު ފޮޓޯގައި އިނގިލި ޖައްސައިގެން ކުދިންނަށް އެ ކިޔައިދެނީ އެ ފޮޓޯއާ ގުޅޭ ވާހަކަކަން ވިސްނައިދީފަ އެވެ. އެގޮތަށް ހެދުމުން އެ ކިޔައިދޭ ވާހަކައިގައި ހުރި ބަސްތައް ކުދިންނަށް ދަސްކުރަން ފަސޭހަވީކަން ދިރާސާކުރި ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.
ހަ މަހުގެ ދަރިފުޅު އަބަދު ހޭލަނީ: މައްސަލައެއް؟
ކުޑަކުދިން ޖައްސާ ތުން ސާފުކުރާނީ ކިހިނެއް؟
ކުދިންގެ ގައިގައި ނުޖަހާތި، ނަތީޖާ ވަރަށް ގޯސް
ގަދަކަމުން ކާންދޭން އުޅުމަކީ ބޭކާރު ކަމެއް
ޓޮންސިލާއި އެޑްނޮއިޑް ނެގުމުން އިތުރު ނުރައްކާތަކެއް
ހަ މަހުގެ ކުދިންނަށް ވެސް ފޮތްކިޔައިދިނުމުން ފައިދާކުރޭ
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި
ކުޑައިރު އެންމެ ގިނައިން ރޮނީ ޔޫކޭ، ކެނެޑާ ކުދިން: ދިރާސާ
ވިސްނުން ތޫނު ދަރިން ބޭނުން ނަމަ ކާންވީ މޭވާ
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ