Roadha Mihaaru
ކެޔޮދޫ ގޮނޑުދޮށުން "ފިސްތޯލައެއް" ފެނިއްޖެ

ކެޔޮދޫ ގޮނޑުދޮށުން "ފިސްތޯލައެއް" ފެނިއްޖެ

30 ޖޫން 2017

ވ. ކެޔޮދޫ ގޮނޑުދޮށުން މިއަދު "ފިސްތޯލައެއް" ފެނިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވ. ކެޔޮދޫ ގޮނޑުދޮށުން މިއަދު "ފިސްތޯލައެއް" ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފިސްތޯލައެއް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ކެޔޮދޫ ގޮނޑުދޮށުން ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ ހެނދުނު 11:30 ހާއިރެވެ.

ނަމަވެސް އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

"އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ފުލުހުން މިދަނީ ބަލަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު، މީރުބަހުރު ބަނދަރުގައި އޮތް ކުނި ބާޖަކަށް ކުނި އަޅަމުން ދަނިކޮށް ފިސްތޯލައެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ފުލުހުން އޭތި ގެންދިޔަ އެވެ. އެކަމަކު އުކާލަން ގެންދިޔަ ކުނިތަކުގެ ތެރެއިން ފެނުނީ ފިސްތޯލައެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ފަހުން ބުނެފަ އެވެ.