Roadha Mihaaru
ހަ މަސް ދުވަހަށް ވާ ވަރަށް މެގީ ނޫޑްލްސް މުޅިން ހިލޭ

ހަ މަސް ދުވަހަށް ވާ ވަރަށް މެގީ ނޫޑްލްސް މުޅިން ހިލޭ

21 ޖޫން 2017

ރޯދައާ ގުޅުވައިގެން ލިލީ އިންޓާނޭޝަނަލްގެ ފޭސްބުކް ޕޭޖުގައި މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި މެގީ ނޫޑްލްސް ގިނަ އަދަދަކަށް ހިލޭ ހޯދޭނެ ފުރުސަތު ހުޅުވާލައިފި އެވެ.

ރޯދައާ ގުޅުވައިގެން ލިލީ އިންޓާނޭޝަނަލްގެ ފޭސްބުކް ޕޭޖުގައި މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި މެގީ ނޫޑްލްސް ގިނަ އަދަދަކަށް ހިލޭ ހޯދޭނެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ލިލީގެ ފޭސްބުކް ޕޭޖު ލައިކް ކުރުމަށް ފަހު އެވެ. އެ ޕޭޖުގައި ޕޯސްޓް ކޮށްފައިވާ މެގީ ނޫޑްލްސް ވީޑިޔޯ އިޝްތިހާރުގެ ކޮމެންޓްސް ބައިގައި މީހުނަށް މަގްބޫލު ވާނެ ކަހަލަ ކެޕްޝަނެއް ލިޔެލަން ޖެހެ އެވެ.

ލިލީން ބުނި ގޮތުގައި އިނާމު ލިބޭނީ އެގޮތުން ލިޔާ ކޮމެންޓްސްތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ތިން ފަރާތަކަށެވެ. އެގޮތުން އެއް ވަނަ އަށް ހުށަޅާފައި ވަނީ ހަ މަސް ދުވަހަށް ވާ ވަރަށް ނޫޑްލްސް އެވެ. ދެވަނަ އަށް ހަތަރު މަސް އަަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ދެ މަސް ދުވަހުގެ ނޫޑްލްސް ލިލީން ދޭނެ އެވެ.

ލިލީން ބުނި ގޮތުގައި މި ޕްރޮމޯޝަން ނިމޭނީ މި މަހު 27ގަ އެވެ.

ނެސްލޭ ބްރޭންޑުގެ މެގީ ނޫޑްލްސް އަކީ ރާއްޖޭގައި އެންމެ މަގްބޫލު އެއް އިންސްޓަންޓް ނޫޑްލްސް އެވެ.