Roadha Mihaaru
މި ފަހަރު ކަސްޓަމަށް ހިފާނީ "ކޭތަ"

މި ފަހަރު ކަސްޓަމަށް ހިފާނީ "ކޭތަ"

18 މެއި 2016

މި އަހަރުގެ ރޯދަ މަހު ވެސް ޓީވީއެމުން އޮފީސް ޓެލެޑްރާމާ މުބާރާތް ގެނެސް ދޭނެ އެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގުޅިގެން ގެނެސްދޭ މުބާރާތުގައި މި އަހަރު ހަތް އޮފީހަކުން ވާދަ ކުރެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ރޯދަ މަހު ވެސް ޓީވީއެމުން އޮފީސް ޓެލެޑްރާމާ މުބާރާތް ގެނެސް ދޭނެ އެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގުޅިގެން ގެނެސްދޭ މުބާރާތުގައި މި އަހަރު ހަތް އޮފީހަކުން ވާދަ ކުރެ އެވެ.

މުބާރާތުގައި ވާދަ ކުރާ ގިނަ އޮފީސްތަކުން ޑްރާމާތައް ނިންމައި މިހާރު ވަނީ އެންސީއޭ ހަވާލު ވެސްކޮށްފަ އެވެ.

ކަސްޓަމްސްގެ ޑްރާމާ "ކޭތަ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް.

ކަސްޓަމްސްގެ ޑްރާމާ "ކޭތަ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް.

ކަސްޓަމަކީ މީގެ ކުރިން ވެސް މި މުބާރާތުގައި ވާދަކޮށްފައިވާ އޮފީހެކެވެ. ބެލުންތެރިން ހިތްހަމަޖެހޭ ވަރުގެ ޑްރާމާތަކެއް ހުށަހަޅައި ދީފައިވެ އެވެ. މިހާރު ޖަލުގައި އޮންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަކީ ވެސް އޮފީސް ޓެލެޑްރާމާ މުބާރާތުގައި ކަަސްޓަމްސް އިން ހެދި ބައެއް ޑްރާމާތައް ކުޅުއްވާފައިވާ ބޭފުޅެވެ.

ކަސްޓަމްސްގެ ޑްރާމާ "ކޭތަ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް.

ކަސްޓަމްސްގެ ޑްރާމާ "ކޭތަ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް.

މި ފަހަރު މި ބަލާލަނީ މި އަހަރުގެ މުބާރާތުގައި ކަސްޓަމުން ގެނެސްދޭ ޑްރާމާއަށެވެ. ޑްރާމާގެ ނަމަކީ "ކޭތަ" އެވެ. އޭގެ ވާހަކަ ލިޔެފައި ވަނީ މަޝްހޫރު ވާހަކަ ލިއުންތެެރިޔާ ބިންމާ އިބްރާހީމް ވަހީދެވެ. އެކަމަކު ޑްރާމާގެ ވާހަކައަކީ ކޮން ކަހަލަ ހާދިސާއެއް ގެނެސްދޭ ޑްރާމާއެއް ކަމެއް އަދި ނޭނގެ އެވެ.

އއ. ތޮއްޑޫގައި މަންޒަރުތައް ނަގައިފައިވާ "ކޭތަ" ޑްރާމާ ޑައިރެކްްޓްކޮށްފައި ވަނީ ކުރިން ކަސްޓަމްގެ ޑްރާމާތައް ކުޅެފައިވާ މުހައްމަދު އިބްރާހީމް (އެމްއައި) އެވެ.

ކަސްޓަމްސްގެ ޑްރާމާ "ކޭތަ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް.

ކަސްޓަމްސްގެ ޑްރާމާ "ކޭތަ" ގެ ޝޫޓިންގެ ތެރެއިން. ފޮޓޯ: ކަސްޓަމްސް.

ޑްރާމާ ކެމެރާކޮށް، ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކޮށްފައި ވަނީ މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އެވެ. ޑްރާމާ އެޑިޓްކޮށްފައި ވަނީ އެކްޝަނަލް މޫވީޒްގެ ފަރާތުން އަހުމަދު ލަތީފެވެ.

އޮފީސްތަކުގައި މެދުގައި ބޮޑު ވާދަވެރި ކަމެއް އޮންނަ އޮފީސް ޓެލެޑްރާމާ މުބާރާތުގައި ކަސްޓަމްސް އިން މި ފަހަރު ގެނެސް ދޭ ޑްރާމާއަކީ ވެސް ބެލުންތެރިންނަށް ކަމުދާނެ ގޮތަކަށް އުފައްދަން ދަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

"ކޭތަ" ޑްރާމާގެ ޝޫޓިންގެ ތެރެއިން.

ރޯދަ މަހަށް އިންތިޒާރު ކުރަމާ ހިނގާށެވެ. މި ފަހަރުގެ ޑްރާމާތަކުގެ ދިގު މިނަކީ 45 މިނިޓެވެ.

މިދިޔަ އަހަރު މުބާރާތުން އެންމެ މޮޅު ޑްރާމާގެ އެވޯޑް އުފުލައިލީ ހައުސިން މިނިސްޓްރީގެ "އެއްފަސް" އެވެ.