މާލެ އިން ފުރައިގެން އދ. ރަންވެލި ރިސޯޓަށް ދަތުރުކުރި ދޯންޏެއް މާލެ އަތޮޅު ފިހާޅޮހި ރިސޯޓު ކައިރި އަށް މިއަދު ހެނދުނު އަޑި އަށް ހިނގައްޖެ އެވެ.
01 ޖޫން 2017
މާލެ އިން ފުރައިގެން އދ. ރަންވެލި ރިސޯޓަށް ދަތުރުކުރި ދޯންޏެއް މާލެ އަތޮޅު ފިހާޅޮހި ރިސޯޓު ކައިރި އަށް މިއަދު ހެނދުނު އަޑި އަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ފިހާޅޮހި ކައިރި އަށް އަޑި އަށް ދިޔަ ދޯނިން ތިން މީހުން ދަތުރު ކުރި ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ނަމަވެސް ދޯނީގައި ތިބި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާ ބެހޭ ފަރާތްތަކުން އަދި ސާފުވާ ގޮތެއް ނުވެ އެވެ.
އަޑި އަށް ދިޔައީ އދ. ދަނގެތީ މީހަކު ދުއްވާ "ރޯދި" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނި ދުއްވަނީ ރަންވެލި ރިސޯޓުގެ ސަޕްލައި ދޯންޏެއްގެ ގޮތުގަ އެވެ.
ދޯނި އަޑިއަށް ދިޔަ ސަރަަހައްދަށް ފިހާޅޮހި ރިސޯޓްގެ އުޅަނދުތަކެއް ގޮސްފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.
މިއީ ރާއްޖެ އަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާއިރު ކަނޑުމަތީގެ ހާދިސާތައް ވެސް ގިނަ ކަން ފާހަގަކޮށްލެވެ އެވެ.
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
ވިއްސާރައިގައި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް
ނައިފަރުގެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ
ބޯކޮށް ވާރޭ ވެހި، ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ
މާލެއިން 17،000 އެއްހާ ޓަނުގެ ފެން ހިންދައިފި
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
މާލޭގައި 3 ތަނަކުން ވެލި ބަސްތާ ލިބޭނެ ގޮތް ހަދައިފި
މާލޭ މަގުތަކުން 10،000އެއްހާ ޓަނު ފެން ބޭރުކޮށްފި