16 މެއި 2017
ތ. މަޑިފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމަށް މީހަކަށް ނުބައި ކަރުދާހެއް ދިން ކަމުގެ ޝަކުވާ ލިބުމުން އެކަން ބެލުމަށް ފަހު އެރަށު ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ތ. މަޑިފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމަށް މީހަކަށް ނުބައި ކަރުދާހެއް ދިން ކަމުގެ ޝަކުވާ ލިބުމުން އެކަން ބެލުމަށް ފަހު އެރަށު ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ މަޑިފުށީ ކައުންސިލްގެ އިތުރު ބުރެއް ބާއްވަން ޖެހުނީ ކޮމްޕްލެއިންސް ބިއުރޯ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށު ވޯޓު ފޮއްޓަށް ވޯޓުލުމަށް އެހެން ކަރުދާހެއް މީހަކަށް ދިނުމަކީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ. އޭގެ ސަބަބަކީ އެންމެ މަތިން ވޯޓު ހޯއްދެވި ހަތަރު ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ޖުމްލަ ދާދި ހަމަހަމަވުމުންނެވެ.
މަޑިފުށީ ކައުންސިލްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ރަށު ކައުންސިލަށް އިންތިހާބުވީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ. އެ ގޮތުން ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމަށްވާ އައްބާސް މުހައްމަދަށާއި އަލީ ހަސީނަށް ލިބިވަޑައިގަތީ 389 ވޯޓެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ހަސަން އަބްދުﷲގެ ޖުމްލައަކީ 388 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓު އިސްމާއިލް ހިލްމީ އަށް 387 ވޯޓު ލިބިވަޑައިގެންފައިވެ އެވެ.
އިލެކްޝަންސުން މަޑުފުށީ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަނީ މި ހަތަރު ކެންޑިޑޭޓުންގެ މެދުގަ އެވެ.
އިންތިހާބުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ނަސީމަށް 356 ވޯޓު އަދި އަހުމަދު އާދިލަށް 357 ވޯޓު ލިބިވަޑައިގަތެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަލީ ރަޝީދަށް އެންމެ ނުވަ ވޯޓެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާން ކުރާނަން އިންތިހާބު އޮންނާ ދުވަހެއް،" އަކްރަމް ވިދާޅުވި އެވެ.
މިއީ މިފަހަރުގެ ކައުންސިލް އިންތިހާބުގައި ޝަކުވާއަކާ ގުޅިގެން ދެ ވަނަ ބުރެއް ބާއްވަން ޖެހުނު ފުރަތަމަ ރަށެވެ. އެކަމަކު ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެގެން އެއް ރަށު ކައުންސިލް އިންތިހާބުގެ ދެ ވަނަ ބުރެއް، އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
މަޑިފުށި، ކޮމަންޑޫގެ ދެވަނަ ބުރު ވޯޓުލުން ފަށައިފި
މަޑިފުއްޓާއި ކޮމަންޑޫ ކައުންސިލްގެ ވޯޓުލުން ހޮނިހިރުގައި
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރަނީ
ކުރިނބީ ވޯޓުފޮށި އަލުން ގުނުމުން ކާމިޔާބުކުރީ އެމްޑީޕީ
ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށް ނިންމާލަނީ
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު
އަލުން ޗެކް ކުރިޔަސް ނަތީޖާ ބަދަލުވާ ފަދަ ކަމެއް ނެތް
26 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި އަލުން ބަލަނީ