ރާއްޖެ އިން ކޮރަޕްޝަން ފޮހެލުމަށް މަސައްކަތްޕުޅު ކުރައްވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ކޮރަޕްޝަން އަށަގަންނުވަން އުޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ޝިފާގް މުފީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ކޮރަޕްޝަން ފޮހެލުމަށް މަސައްކަތްޕުޅު ކުރައްވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ކޮރަޕްޝަން އަށަގަންނުވަން އުޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ޝިފާގް މުފީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އިއްޔެ އައްޔަން ކުރެއްވި ޝިގާފް، ޕީޕީއެމް ކޯލިޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ނަޝީދާ ޚިލާފަށް ރައީސް ޔާމީން ކޮރަޕްޝަން ނައްތާލަން މަސައްކަތްޕުޅު ކުރައްވަނީ ގާނޫނީ ގޮތުން އުފެދިފައިވާ މުއައްސަސާތައް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ސީދާ ރައީސް ޔާމީނާ ގުޅޭ ގޮތުން ކުރާ ތުހުމަތެއް ކަމަށް ވިޔަސް އެގޮތަށް އަމަލު ކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ޝިގާފް ވިދާޅުވި އެވެ.
"އަދި ތިމަން މަނިކުފާނު މި ހުންނެވީ ތިމަން މަނިކުފާނުގެ ހުރިހާ މައުލޫމާތުތަކެއް، އެއީ އަމިއްލަ ޒާތީ މައުލޫމާތުތައް ކަމުގައި ވިޔަސް ދެއްވަން ތައްޔާރަށޭ. މި ތަފާތު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ކޮރަޕްޝަން ހިންގާފައި އޭތި ވަޅުޖައްސައި، ފޮރުވަން ވެގެން މީސްމީހުންނަށް ސިޓީބިޓީ ފޮނުއްވައި ހެއްދެވި ކަމެއް އަޅުގަނޑަކަށް ނޭނގޭ ރައީސް ޔާމީން،" ނަޝީދަކީ ކޮރަޕްޝަން ފޮރުވަން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށް ދޭހަވާ ގޮތަށް އެޗްއާރުސީއެމްގެ ކުރީގެ ނައިބު ރައީސް ޝިފާގް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލިހުގައި ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ ގޮނޑި ފުރުއްވި ޝިފާގް ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން ގޯސްވެ، އެކަން ނަޝީދުގެ ސަމާލުކަމަށް އޭނާ ގެންނެވި ކަމަށެވެ. އެކަމަކު އެންމެ ފަހުން ނަޝީދަށް ގޯސްވީ އޭނާ ކަމަށް ޝިފާގް ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ ތަޖުރިބާއާ ގުޅޭ ގޮތުން، ﷲ ގަންދީ ހުވާ ކުރައްވަމުން ޝިފާގް ވިދާޅުވީ އެ ކޮމިޝަންގެ މެމްބަރުކަމުން އޭނާ އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް ރައީސް ޔާމީންގެ އެއްވެސް ނުފޫޒެއް އެޗްއާރުސީއެމަށް ނެތް ކަމަށެވެ. އަދި އޭނާ މަގާމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ އިންސާފުގެ މަގުން އެޗްއާރުސީއެމްގެ މަސައްކަތްތައް ކުރިއަށް ގެންދެވުން ކަމަށް ޝިފާގް ވިދާޅުވި އެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ޕީޕީއެމްގެ ޖަލްސާއެއްގައި ދެއްކެވި ފުރަތަމަ ވާހަކައިގައި ޝިފާގް ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތަކުގައި އޭނާ ޚިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ދަންނަވަމުން އައި ކަމަށެވެ.
ޝިގާފް ވިދާޅުވީ ކޮމިޝަންގެ ބައެއް ކަންކަމާ ގުޅޭ ގޮތުން އޭނާގެ ޚިޔާލު ތަފާތުވިޔަސް، ސަރުކާރާއި ރައީސް ޔާމީން އަދި ވަޒީރެއްގެ ނުފޫޒެއް އެ ކޮމިޝަނަށް ފޯރާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ނުބުނާ ކަމަށެވެ.
"އެހެންވީމާ ކޮންވެސް މިންވަރަކަށް އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް ހަމަ ވެސް އެބަ ގަބޫލު ކުރެއްވޭހެން، ގަބޫލު ކުރައްވަން ބޭނުންފުޅު ނުވި ނަމަވެސް،" އޭނާ ވިދާޅުވި އެވެ.
ޝިގާފް ވިދާޅުވީ އެޗްއާރުސީއެމްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ އެކު، "ބޮޑުފަޅި" އަށް ވަޑައިގަތުމަށް އެދި އިދިކޮޅު ފަރާތްތަކުން އެދުމުގެ އިތުރުން ތިން ދުވަސް ވަންދެން ސަނާ ވެސް ކިޔަމުން ދިޔަ ކަމަށެވެ. އެކަމަކު އޭގެ ފަހުން ސަރުކާރުގެ ވަޒީފާއަކުން އޭނާ ފެނުމުން އެ ހިސާބުން އިދިކޮޅު ފަރާތްތަކަށް ގޯސްވެއްޖެ ކަމަށް ވިދާޅުވި އެވެ.
"ބައްލަވާ ކިހިނެއްތޯ މިވީ؟ މަސް ނުބޭނުނީމާ ކަނޑު ނުބައިވީ ނޫންތޯ؟ އެހެންވީމާ އެ ގޮތް ނުހައްދަވާށޭ،" ޝިފާގް ވިދާޅުވި އެވެ.
ކޮމިޓީތަކަށް ބަދަލު ނުގެނެވި، މަސައްކަތް ހުއްޓިފައި!
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
މަޖިލިސް މިހާރު އޮތީ ހާމަކަން ބޮޑު ގޮތަކަށް: ގާސިމް
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
"އެމްޑީޕީގެ ޚިޔާނާތް ނުބެލީ މަސްރަހު ހޫނު ނުކުރަން"
އެންމެ ބޮޑު ހިޔާނާތަކީ އެއާޕޯޓު ޖީއެމްއާރަށް ދިނުން
އިންތިހާބުގައި ވާދަކުރުމުގެ އާ ޝަރުތުތައް ފާސްކޮށްފި
ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުގެ ބޮޑު މަންޒަރު
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
އިންތިޚާބު ކާމިޔާބުކުރީ ކޮން ބައެއް؟