20 އެޕްރީލް 2017
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފަސޭހައިން ހޯދޭނެ ގޮތްތައް ހެދުމަށް ހިންގާ އެސްއެމްއީ ކްރެޑިޓް ގެރެންޓީ ސްކީމްގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބައިވެރިވެއްޖެ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފަސޭހައިން ހޯދޭނެ ގޮތްތައް ހެދުމަށް ހިންގާ އެސްއެމްއީ ކްރެޑިޓް ގެރެންޓީ ސްކީމްގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބައިވެރިވެއްޖެ އެވެ.
އެމްއެމްއޭ އިން ހިންގާ ކްރެޑިޓް ގެރެންޓީ ސްކީމްގައި ސީބީއެމްގެ ފަރާތުން އެގްރިމަންޓްގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑިލަން ރާޖަޕަކްސެ އެވެ. އަދި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަޒީމާ އާދަމް އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ހޯދައިދިނުމަށް މިދިޔަ އަހަރުގެ އޮގަސްޓް 7 ގައި އެ އޮތޯރިޓީން ތައާރަފުކުރި ކްރެޑިޓް ގެރެންޓީ ސްކީމްގައި ސީބީއެމް އިން ބައިވެރިވިއިރު ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން އެޗްއެސްބީސީ ފިޔަވައި އެހެން ހުރިހާ ބޭންކުތަކުން ވަނީ ބައިވެރިވެފަ އެވެ.
އެމްއެމްއޭ އިން ހިންގާ ކްރެޑިޓް ގެރެންޓީ ސްކީމްގައި ސީބީއެމްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަދި އެމްއެމްއޭގެ ގަވަރުނަރު ސޮއިކުރައްވަނީ. ފޮޓޯ: އެމްއެމްއޭ
"މި ސްކީމްގައި ގިނަ ބޭންކުތައް ބައިވެރިވުމުން މި ސްކީމްގެ މަގުސަދު ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސް ފަސޭހައިން ހޯދުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމެއް. އަދި މި ސްކީމަށް ޝައުގުވެރިވާ ފަރާތްތަކުން މި ސްކީމުގައި ބައިވެރިވެފައިވާ ބޭންކުތައް މެދުވެރިކޮށް ލޯނަށް ހުށަހެޅުމުގެ އިންތިޒާމުވަނީ ހަމަޖެހިފައި،" އެމްއެމްއޭ އިން ބުންޏެވެ.
ކްރެޑިޓް ގެރެންޓީ ސްކީމަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ލިބުނު ތަރުހީބުގެ ބޮޑުކަމުން، އެ ސްކީމަށް ކަނޑައަޅާފައިވާ އަދަދު 50 މިލިއަން ރުފިޔާއިން 100 މިލިއަން ރުފިޔާއަށް އެ އޮތޯރިޓީން ވަނީ އިތުރުކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ޖުމްލަ 44.6 މިލިއަން ރުފިޔާގެ ލޯނަށް އެ ސްކީމްގެ ދަށުން ހުށަހަޅާފައިވެ އެވެ. އަދި ލޯނަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހަ ފަރާތަކަށް ސްކީމްގެ ދަށުން ގެރެންޓީ ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ކުރިން ބުނެފައިވެ އެވެ.
އެ ސްކީމްގެ ސަބަބުން ދަރަންޏަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލަން އެހީތެރިވެދީ އަދި ރަހުނެއް ނެތް ފަރާތްތަކަށް ވެސް ރަހުނަކާ ނުލައި ދަރަނި ހޯދޭނެ ގޮތް ހަމަޖައްސައިދެ އެވެ.
އެމްއެމްއޭ އިން ބުނީ ބޭންކުތަކުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ ތެރެއިން ސްކީމްގެ ދަށުން ގެރެންޓީ އަށް އެދި ހުށަހަޅާ އަދި ޝަރުތު ފުރިހަމަވާ މާލީ ގޮތުން ކުރެވިދާނެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް އެ ސްކީމްގެ ދަށުން ގެރެންޓީ ދޭނެ ކަމަށެވެ. ގެރެންޓީ ދެނީ 100,000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދު ލޯނުތަކަށެވެ.
ލުއި ލޯނުތައް އެތައް ބިލިއަން، ވިސްނަން ވެއްޖެ!
ހުރިހާ ބޭންކެއްގެ ލޯނުތައްވެސް ފަސްކޮށްދޭނެ: ގަވަރުނަރު
ރާއްޖޭގެ ބޭންކިން ވިޔަފާރި މި ގޮތުގައި ބާއްވަންވީތަ؟
"އިންޓްރެސްޓް ބޮޑީ ލޯނު ދައްކާނެކަން ޔަގީން ނުވާތީ"
ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު 15 ޕަސެންޓް އިތުރު
ބޭންކުތަކުގެ ފައިދާ 17 ޕަސެންޓް ދަށްވެއްޖެ
ބޭންކިން ދާއިރާގެ އިތުބާރު ދަމަހައްޓަން ޖެހޭ: އަޒީމާ
އެމްއެމްއޭއިން ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!