06 އެޕްރީލް 2017
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިރޭ ހައްޔަރުކުރުމާ ގުޅިގެން ސީދާ ހަރަކާތަށް ނުކުންނަށް ޖޭޕީ އާއި އެމްޑީޕީން ދެންމެ ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިރޭ ހައްޔަރުކުރުމާ ގުޅިގެން ސީދާ ހަރަކާތަށް ނުކުންނަށް ޖޭޕީ އާއި އެމްޑީޕީން ދެންމެ ފާސްކޮށްފި އެވެ.
ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ ކުއްލި ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ އެ ބައްދަލުވުމަށް ވަޑައިގެންނެވި 25 މެމްބަރުންގެ އިއްތިފާގުންނެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
ސީދާ ހަރަކާތަށް ނުކުންނަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ކުއްލި ބައްދަލުވުމުގައި ފާސްކުރީ، އެ ބައްދަލުވުމަށް ވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.
މިރޭ 7:15 ހާއިރު ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ އޭނާގެ ގެ މ. މާފަންނުވިލާ ގައި ހުންނަވަނިކޮށެވެ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް މި ހައްޔަރުކުރީ މިދިޔަ މަހުގެ 27 ގައި އޮތް، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓާ ދިމާކޮށް މަޖިލިހުގެ މެމްބަރުންގެ ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތަށެވެ. އޭނާ ހައްޔަރުކުރީ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ވަނީ އެ މައްސަލައިގެ ތަހުގީގަށް ހުރަސްއަޅާފާނެތީ ކަމަށެވެ.
މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތުހުމަތު އޭނާ ވަނީ ތަކުރާރުކޮށް ދޮގު ކުރައްވައިފަ އެވެ.
ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ
ގާސިމް ހައްޔަރުުކުރުމާ ގުޅިގެން މުޒާހަރާ ފަށައިފި
ގާސިމް ހައްޔަރުކުރުމުން މާމިގިލީގައި މުޒާހަރާ ކުރަނީ
ގާސިމް މިނިވަންކުރުމަށް ސިޔާސީ ލީޑަރުން ގޮވާލައްވައިފި
ގާސިމް ހައްޔަރުކޮށްފި
ދީނަށް ފުރައްސާރަކުރާ ނަމަ ރައީސް ފިޔަވަޅު އަޅުއްވާނެ
"ގާނޫނާ އެއްގޮތަށް ހިންގާ ހަރަކާތަށް ހުރަހެއް ނާޅާނެ"
ނަޝީދާއި ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
ކޮންމެ އެއްވުމަކީ ވެރިކަން ވައްޓާލުމެއް ނޫން: ޖޭޕީ
ރިޔާޒަށް ކުރާ ތުހުމަތެއް އަދިވެސް ނުބުނޭ:އަލީ ހުސެއިން