Roadha Mihaaru
ފަރުވާ: ދުވަހަކު ވެސް ދަރިޔަކު ނުލިބިދާނެ!

ފަރުވާ: ދުވަހަކު ވެސް ދަރިޔަކު ނުލިބިދާނެ!

30 މާޗް 2017

ރޮއެލައިފި އެވެ. އަނެއްކާވެސް ރޮއެލައިފި އެވެ. އެއަޑު އެ އަންނަނީ ގިފިލީ ތެރޭންނެވެ. ފަޅޯގަހާ ދިމާލުންނެވެ. އެއީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުކަން ޔަގީނެވެ. ނަމަވެސް އެގޭގައި ތުއްތު ކުއްޖަކު ނޫޅޭކަން ކަށަވަރެވެ. މިއިން ދުވަހަކު ވެސް ގާތް އަވައްޓެރި ގެޔަކުން ނަމަވެސް، އާމަނަކަ ފަތެއް ވެސް ހޯދަން ނޫޅެ އެވެ. އަދި މީން ޒަމާނަކުވެސް، ގެއަކުން ހިލި ބޭސްކޮޅެއް ހިލާލި ހަނދާނެއް ވެސް ނުވެ އެވެ.

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

ރޮއެލައިފި އެވެ. އަނެއްކާވެސް ރޮއެލައިފި އެވެ. އެއަޑު އެ އަންނަނީ ގިފިލީ ތެރޭންނެވެ. ފަޅޯގަހާ ދިމާލުންނެވެ. އެއީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުކަން ޔަގީނެވެ. ނަމަވެސް އެގޭގައި ތުއްތު ކުއްޖަކު ނޫޅޭކަން ކަށަވަރެވެ. މިއިން ދުވަހަކު ވެސް ގާތް އަވައްޓެރި ގެޔަކުން ނަމަވެސް، އާމަނަކަ ފަތެއް ވެސް ހޯދަން ނޫޅެ އެވެ. އަދި މީން ޒަމާނަކުވެސް، ގެއަކުން ހިލި ބޭސްކޮޅެއް ހިލާލި ހަނދާނެއް ވެސް ނުވެ އެވެ.

”އުއް އުއް އުއާ... އުއް އުއް އުއާ.... މަށަކަށް ހަމަ އަސްލު ވެސް ނީވޭ ތި އަޑެއް،" އަހުމަދު މަސައްކަތް ކުރީ މަރިޔަމް ހެއްވާލެވޭތޯ އެވެ. ނަމަވެސް އެކަން މަރިޔަމްއަށް ވީ ބޮޑު ވޭނަކަށެވެ. ދެ އަހަރު ކުރިން ނަހަލާލަށް ބަލިވެ އިނދެ ދަރިއަކު ވައްޓާލިކަން އަހުމަދަށް ނޭނގުނަސް އެ ފަޅޯގަހުގެ ބުޑުގައި ފަސްބާރުކޮށް ވަޅުލައިފައި އެވަނީ މަރިޔަމްގެ ދަރިއެކެވެ. މިއަދު އޭނާއަށް އެއިވެނީ އެދަރިފުޅުގެ އަޑެވެ.

އާއެނކެވެ. އުއް އުއް އުއާ އެވެ... އުއް އުއް އުއާ އެވެ....

މަތީގައި އެވަނީ ޚިޔާލީ ހާދިސާއެއް ނަމަވެސް އެކަހަލަ ކިތައްމެ ކަމެއް ހިނގާފައި އެބަ ހުއްޓެވެ. ތުއްތު ކުދިން ރޯއަޑު އިވުމާއި އެކުދިން ސިފަވުމާއި، ބިރުވެރި ހުވަފެންތައް ފެނުމާއި، ދުނިޔެ މަތިން ފޫހިވެ އެކަނިވެރިވުމާއި، ރުޅިގަދަވުން ފަދަ އެތައް ކަމެއް، ދަރިވައްޓާލުމުގެ ސަބަބުން ދިމާވެދާނެ ނަފުސާނީ މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މިފަދަ ކަންކަން ބަރުދާސްތުކުރަން ދަތިވުމުން، އެންމެ ފަހުން އަމިއްލައަށް މަރުވުމަކީ ވެސް އެބޯޝަން ހަދާ މީހުންގެ ފަރާތުން ފެނިދާނެ ނުބައި އަމަލެކެވެ.

ކުޑަކުޑަ އާބާދީއެއް އޮތް ރާއްޖޭގައި ކުޑަކުދިން މަރަމުންދާ މިންވަރު އިތުރެވެ. އެފަދަ ދަރީންގެ ފޫޅު ކަނޑާނީ ކާކަށްކަން ޚުދު އެދަރީންގެ މައިންނަށް ވެސް ނޭނގޭ ދަރަޖައަށް، ފާހިޝް އަމަލުތައް ގިނަ އެވެ. ހަޑި މުޑުދާރު އަދި ހުތުރު އަމަލުތަކަށް ބައެއް ދިވެހިން ވަނީ އަޅުވެތިވެފަ އެވެ.

އޭ ފާހިޝް އަމަލްކުރާ އާދަމުގެ ދަރިޔާ އެވެ. ތިޔަ އަމަލުގެ ސަބަބުން ބަރުބާދު ތިކޮށްލަނީ ހަމައެކަނި ތިބާގެ އުޚްރަވީ ހަޔާތް އެކަންޏެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ ދަރިވައްޓާލުމުގެ ސަބަބުން ތިބާއަށް ޖިސްމާނީ އެތައް ގެންލުންތަކެއް ވެގެންދެ އެވެ. ތިބާގެ ރަހިމަށާއި ލަދުވެތި ގުނަވަނަށެވެ. ހަލާކުވެ ދަނީ އެވެ. ޖަރާސީމް އަށަގަންނަނީ އެވެ. ލޭ މަނާނުވެ ފުރާނަ ދަނީ އެވެ. ބިރުގަންނާކަށް ނުވޭ ހެއްޔެވެ؟

އެބޯޝަނުގެ ސަބަބުން ދެން ދުވަހަކު ވެސް ދަރިޔަކު ނުލިބިދާނެ އެވެ. ނޫނީ ދެން ދަރިޔަކު އަށަގަތަސް ބައިގެން ހިނގައިދާނެ އެވެ. ދަރިޔަކު އެންމެ ބޭނުންވި ދުވަހު، ދުވަސްނުފުރައި ވިހައި، ތިބާގެ އަތްދަނޑިމަތީގައި އޮވެ، އެދަރިފުޅު މަރުވެގެން ހިނގައިދާނެ އެވެ. ނުވަތަ ލިބޭ ދަރިފުޅުގެ ބަރުދަން މާ ބޮޑަށް ލުއިވެ، ތުއްތު ކުދިންގެ އައިސީޔޫގައި އޮވެ، އުރާލަން ވެސް ނުލިބި، އެންމެ ފަހުން ތިން މުށް ވެލި އުކައި ތަލަކުން ފެން ޖަހަން ވެސް ޖެހިދާނެ އެވެ. ކިހާ ދެރަ ހެއްޔެވެ؟ އެދުވަހު ދަރިވައްޓާލީ އެވެ. މިއަދު ބައިގެން ދަނީ އެވެ. "...ޔާރައްބު ﷲ. މިއަޅާދެން އެފަދަ ކުށެއް ދުވަހަކު ވެސް ނުކުރާނަން. އިބަ ﷲއަކީ ގިނަގިނައިން ފާފަ ފުއްސަވާ ރަހުމާންވަންތަ، ރަހީމް ވަންތަ އިލާހް. މިއަޅާ ތައުބާ ވެއްޖައީމް. މިއަޅާގެ ތައުބާ ގަބޫލް ކުރައްވާށި. އާމީން!" މަރިޔަމް އަށް ރޮވިއްޖެ އެވެ. ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ އެވެ.