Roadha Mihaaru

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހުމަދު މުހައްމަދަށް އަލުން ވަޒީފާ ދީފި

ޕޮލިސް ބޯޑުގެ ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރި އިސް ދެ އޮފިސަރަކަށް އަލުން ވަޒީފާ ދީފި އެވެ.

ޖަމްޝީދާއި އަހުމަދު މުހައްމަދު އަލުން ޕޮލިހަށް

ޕޮލިސް ބޯޑުގެ ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރި އިސް ދެ އޮފިސަރަކަށް އަލުން ވަޒީފާ ދީފި އެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި އަލުން ވަޒީފާ ހަމަޖައްސައިދީފައިވަނީ މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދަށެވެ. އެ ދެ ބޭފުޅުން ފުލުހުންގެ ވަޒީފާއިން މީގެ ތިން އަހަރު ކުރިން ވަކިކުރި އިރު ވެސް ތިބީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގަ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން އޭރު ވަކިކުރީ ޖަމްޝީދާއި އަހުމަދު މުހައްމަދުގެ އިތުރުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި އޮފިސަރުން އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގަ އެވެ. އަދި އޭގެ ތެރެއިން އަބްދުﷲ ޝަރީފް ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްކޮށްފަ އެވެ.

އެ އޮފިސަރުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރި އެވެ. އެ މައްސަލަ ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން މި އަހަރުގެ ޖުލައި މަހު، ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ދައުލަތުން ހިފާ ކަމަށް ބުނެ، މައްސަލަ ބާތިލްކުރި އެވެ.

ހައި ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.