25 މާޗް 2017
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި މައުމޫން ހުންނެވީ ފަނާކުރަނިވި ފިކުރާ އެއްގޮތަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި މައުމޫން ހުންނެވީ ފަނާކުރަނިވި ފިކުރާ އެއްގޮތަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ނިއުސް ކޮންފަރެންސެއްގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ފިކުރުގެ އެއްވެސް ބޭފުޅަކު އެމްޑީޕީއާ އެއް މޭޒެއްގައި އިށީންދެވަޑައިނުގަންނަވާނެ ކަމަށެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މައުމޫނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ސޮއިކުރެއްވުމާ ގުޅިގެންނެވެ. މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ "މާތް ﷲ ގެ ވާގިފުޅާއެކު ގައުމު އިސްލާހު ކުރުމުގެ ހެޔޮ ނިޔަތުގަ" އެވެ.
"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސް މައުމޫންގެ ޕީޕީއެމް ފިކުރެއް ހުރިހެނެއް، މައުމޫންގެ ހުރީ ފަނާކުރުވަނިވި ފިކުރާ އެއްކޮށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ގުޅިގެން ގާއިމުކުރި އެއްބަސްވުމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ "ދޮންބަންޑާރައިން ނުރަވީ ދުވަހު އިސްތައްޓެކޭ ވެސް ހިތަށް" އަރާވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ނަމުގައި މައުމޫނަށް އެއްބަސްވުންތަކުގައި ސޮއި ނުކުރެވޭނެ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ މައުމޫނަށް ފާޑު ވިދާޅުވެފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޯޓުގެ އަމުރާ އެއްގޮތަށް، ޕީޕީއެމް ހިންގުމުގެ އެންމެހައި ކަންކަން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ކައުންސިލުން ނިންމާފައިވާއިރު، ޕީޕީއެމް ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވޭނީ އެ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.
"ޕާޓީގެ ކައުންސިލާ މަޝްވަރާ ކުރުމަކާ ނުލައި ޕާޓީގެ ލޯގޯ އާއި ތައްގަނޑު ޖަހާފައި އިދިކޮޅު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިހްތިޔާރެއް (މައުމޫނަށް) ލިބިވަޑައެއްނުގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް މައުމޫނަކީ މިހާރު ރަމްޒީ ބޭފުޅެކެވެ. ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް އެމަނިކުފާނަކަށް ލިބިވަޑައިނުގަންނަވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ގާއިމުކުރި އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަމުންދާ އަދި ދައުވާ އުފުލި އަދި އުފުލުމުގެ މަގުމަތީގައިވާ މީހުންނަށް ހިމާޔަތް ދީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ނުހައްގުން ނިގުޅައިގެންފައިވާ މުއާމަލާތްތަކާއި މުދާ އަލުން އިޔާދަކުރުމަށް އެއްބަސްވެފަ އެވެ.
ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަށް ގާއިމުކުރި އެއްބަސްވުމުގައި މައުމޫންގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސޮއިކުރައްވައިފަ އެވެ.
ޝަރުއީ ގޮތުން މައުމޫނާ ޕީޕީއެމް ހަވާލެއް ނުކުރެވޭނެ
ޕީޕީއެމްގެ ހިންގުމުގެ ކަންކަން ފަސްޓް ލޭޑީ ނުކުރައްވާ
ޕީޕީއެމްގެ ބާނީއަކީ ރައީސް ޔާމީން: އަބްދުއްރަހީމް
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ
ޔާމީނާ ދެކޮޅަށް މައުމޫން ނުކުތީ "ލެގަސީ" ދުއްވާލާތީ
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހުގެ ތައުރީފް!
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ