23 މާޗް 2017
އިންސާނީ ހައްގުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް، ޕާކިސްތާނުގައި ސިއްރު އަސްކަރީ ކޯޓުތައް އަލުން ހަދާ ގޮތަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކޮށްފި އެވެ.
އިންސާނީ ހައްގުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް، ޕާކިސްތާނުގައި ސިއްރު އަސްކަރީ ކޯޓުތައް އަލުން ހަދާ ގޮތަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކޮށްފި އެވެ.
ޕާކިސްތާނުގެ ކުޑަކުދިންގެ ސްކޫލަކަށް 2015 ގައި ދިން ހަމަލާއާ ގުޅިގެން ފުރަތަމަ އުފެއްދި އެ ކޯޓުތަކުގެ މުއްދަތު ޖެނުއަރީ 7 ގައި ވަނީ ހަމަވެފަ އެވެ. ދެ އަހަރުގެ މުއްދަތެއް ދިން ކޯޓުތަކުގައި ޝަރީއަތް ހިންގަނީ ޓެރަރިޒަމްގެ ތުހުމަތުތައް އެޅޭ ބައެއް އާންމުންނާ ދެކޮޅަށެވެ.
ޕާކިސްތާނުގެ ތާލިބާނުން ސްކޫލަށް ދިން ހަމަލާގައި 134 ކުދިން މަރުވި އެވެ.
ރައްޔިތުންގެ މަޖިލިހުން ބިލް ފާސްކުރި ނަމަވެސް ގާނޫނަކަށް ވާނީ ސެނެޓުން ފާސްކޮށްގެންނެވެ.
ބޮޑުވަޒީރު ނަވާޒު ޝަރީފްގެ ސަރުކާރުން ބުނަމުން އަންނަނީ އެ ކޯޓުތަކުގެ މުއްދަތު އިތުރުކުރަން ބޭނުން ކަމަށެވެ. ނަމަވެސް އެފަދަ ބިލެއް ފާސްކުރަން ބޭނުންވާ 3-2 ގެ އަގުލަބިއްޔަތު ރައްޔިތުންގެ މަޖިލިހުގައި ސަރުކާރަށް ނެތުމުން އެ މަސައްކަތަށް ބުރޫއަރާ، އެހެން ޕާޓީތަކުގެ ތާއީދު ހޯދަން ގިނަ ދުވަސް ނެގީ އެވެ.
ކުރިން އޮންނަ ގޮތުން ނަމަ އަސްކަރީ ކޯޓުތަކުގައި ދައުވާ ލިބޭ މީހުންނަށް އެ މީހުންގެ އަމިއްލަ ވަކީލުން ހަމަޖެއްސުމުގެ ފުރުސަތެއް ވެސް ނުލިބެ އެވެ. އެކަމަކު އަލަށް ފާސްކުރި ބިލުން އެ ހައްގު ވަނީ ދީފަ އެވެ.
ބިލް ބުނާ ގޮތުގައި މީހަކު ހައްޔަރުކުރާ އިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް އިއްވަން ޖެހޭނެ އެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި އަސްކަރީ ކޯޓަކަށް ހާޒިރުކުރަން ޖެހޭނެ އެވެ.
ފުރަތަމަ އުފެއްދި އަސްކަރީ ކޯޓުތަކުން ވަނީ ދެ އަހަރުގެ ތެރޭގައި 160 މީހުންނަށް މަރުގެ ހުކުމް އިއްވާފަ އެވެ. އޭގެ ތެރެއިން 20 މީހެއްގެ މައްޗަށް ހުކުމް ތަންފީޒުކޮށްފައި ވެސް ވެ އެވެ.
މަރުގެ އަދަބު ދިނުން ޕާކިސްތާނުން ކުރިން އޮތީ މަޑުޖައްސާލައިފަ އެވެ. އެކަމަކު ސްކޫލް ހަމަލާއާ ގުޅިގެން އަލުން އެކަން ފަށައި، މިހާތަނަށް 400 މީހުން ދަންޖައްސައިގެން މަރާލާފައިވެ އެވެ.
ޓެރަރިޒަމްގެ މައްސަލަތަކުގައި އަސްކަރީ ކޯޓެއް ހަދަން ތާއީދުކުރާ މީހުންގެ މައިގަނޑު ނުކުތާއަކީ އާންމު ކޯޓުތަކުގައި ޓެރަރިޒަމްގެ ކުށްތައް ބަލާ ފަނޑިޔާރުންނަށް އެކަށީގެންވާ ހިމާޔަތެއް ނުދެވުމެވެ. އެކަމަކު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ކޯޓުތައް ހިނގަނީ ދެފުށް ފެންނަ ގޮތަކަށެއް ނޫނެވެ. އަދި ބައެއް ކަންކަން ކުރަނީ އުސޫލުން ބޭރުން ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
ތާލިބާނުން މަރާލައި، ރަހީނުކުރި މީހުން ސަލާމަތްކޮށްފި
ޕާކިސްތާނުގައި ދިން ހަމަލާއަކުން 26 މީހުން މަރުވެއްޖެ
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ޕާކިސްތާނުގައި މަގުމަތިން މެރި އަދަދު 39 އަށް
ޕާކިސްތާނުގައި މަގުމަތިން 22 މީހަކު މަރާލައިފި
އެމެރިކާ އާއި ތާލިބާނުންގެ މަޝްވަރާތަކެއް ބާއްވައިފި
ޕާކިސްތާނުގައި ބޮމެއް ގޮއްވާލައި 44 މީހުން މަރާލައިފި
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
އިމްރާންގެ ޕާޓީ މަނާކުރަން ސަރުކާރުން ވިސްނަނީ
އިމްރާން ހާން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި