ރިއޯ ޑި ޖަނޭރޯ (ޖުލައި 19) - މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ގެއްލުނު ކޯޗު އެރިކް ޓެން ހާގް، އަންނަ ސީޒަނަށް ޖަރުމަންގެ ބެޔާ ލެވަކޫސަންއާ ހާވާލުވެ ކުޅުނު ފުރަތަމަ މެޗުގައި ޒުވާން ޓީމެއް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.
ރިއޯ ޑި ޖަނޭރޯ (ޖުލައި 19) - މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑްގެ ވަޒީފާ ގެއްލުނު ކޯޗު އެރިކް ޓެން ހާގް، އަންނަ ސީޒަނަށް ޖަރުމަންގެ ބެޔާ ލެވަކޫސަންއާ ހާވާލުވެ ކުޅުނު ފުރަތަމަ މެޗުގައި ޒުވާން ޓީމެއް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.
ޕްރީސީޒަން ފެށުމުގެ ގޮތުން ބްރެޒިލްގެ ކްލަބް ފްލަމެންގޯގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރޭ ކުޅުނު މެޗުން ލެވަކޫސަން ބަލިވީ 5-1 އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްލަމެންގޯ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ފުރަތަމަ 10 މިނިޓުތެރޭގައި ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ ދެވަނަ ހާފުގައި އެ ޓީމުން ފަސް ލަނޑު ހަމަކުރި ފަހުން ލެވަކޫސަން އަށް ސުން ކަނޑުވައިދިނީ 17 އަހަރުގެ ވިންގާ މޮންޓްރެލް ކޯލްބްރެތެވެ.
ފްލަމެންގޯ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން، ސީނިއާ ސްކޮޑްގެ ބައެއް ކުޅުންތެރިން ވެސް ކުޅެފައިވެ އެވެ. އެގޮތުން ސީނިއާ ޓީމުގެ ގޯލްކީޕަރު މެތިއަސް ކުންޔާ ވެސް މި މެޗުގައި ކުޅުނެވެ. ލެވަކޫސަންގެ ރިޒާވް ސްކޮޑާ އެކު ކުޅުނު މި މެޗުގައި، އެ ޓީމުގެ ޖޯނަސް ހޮފްމަން އާއި ވިކްޓާ ބޮނިފޭސްގެ އިރުން އެޓީމަށް ކުޅޭ ހަމައެކަނި ބްރެޒިލް ކުޅުންތެރިޔާ އާތޫރު ވެސް ކުޅެފައިވެ އެވެ.
މިދިޔަ އޮކްޓޯބަރުގައި ޔުނައިޓެޑް ވަޒީފާ ގެއްލުނު ޓެންހާގް ލެވަކޫސަންއާ ހަވާލުވީ މިދިޔަ މަހު އެވެ. އޭނާ ލެވަކޫސަން އާ ހަވާލުވީ، 2024 ގެ ލީގު ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދިން ކޯޗު ޒަބީ އޮލޮންސޯ، ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމަށް ދިއުމުންނެވެ. ރެއާލްގެ ކޯޗުކަމުގައި ހުރި ކާލޯ އަންޗެލޮޓީ، ބްރެޒިލްގެ ގައުމީ ޓީމާ ހަވާލު ވުމުން، ޒަބީ ވަނީ އަންނަ ސީޒަނަށް ރެއާލާ ގުޅިފަ އެވެ.
މިދިޔަ ސީޒަނުގައި ބުންޑެސް ލީގާގެ ދެވަނަ މަގާމު ހޯދުމުން، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައޮވި ލެވަކޫސަނުން ބްރެޒިލްގެ ފަރިތަކުރުންތައް ނިންމާލައި އެނބުރި ޔޫރަޕަށް ގޮސް، ރަހުމަތްތެރިކަމުގެ އިތުރު ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ފަހު މެޗު ތާވަލް ކުރެވިފައި ވަނީ ޗެލްސީއާ ދެކޮޅަށް ލަންޑަނުގަ އެވެ.
މިިދޔަ ސީޒަނަށް ފަހު ކޯޗު އޮލޮންޒޯގެ އިތުރުން ލެވަކޫސަންގެ މުހިއްމު ކުޅުންތެރިންތަކެއް ވެސް ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. ސްޓާ މޮޑްފީލްޑަރު ފްލޯރިއަން ވާޓްޒް އާއި ޖެރެމީ ފްރިމްޕޮންގް ބަދަލު ވީ ލިވަޕޫލަށެވެ. ޑިފެންޑަރު އޮޑިލޯން ކޮސޯނޫ ވަނީ އެޓަލާންޓާއަށް ބަދަލުވެފަ އެވެ. އަދި ޑިފެންޑަރު ޖޮނަތަން ޓާ ވަނީ ވާދަވެރި ބެޔާން މިއުނިކަށް ސޮއިކޮށްފަ އެވެ.
ލެވަކޫސަން ވަނީ މިހާތަނަށް ލިވަޕޫލްގެ ޖަަރޭލް ކްވާންސާ އާއި ބްރެންޓްފޯޑްގެ ގޯލްކީޕަރު މާކް ފްލެކެންގެ އިތުރުން އެމެރިކާގެ ފޯވާޑް މާލިކް ޓިލްމަން ސޮއި ހޯދައިފަ އެވެ. މި މެޗުގެ ކުރިން ޓެން ހާގް ވަނީ، މެންޗެސްޓާ ޔުނައިޓެޑްގެ އެންޓޮނީ އަކީ އޭނާގެ ދަރިއެއް ފަދަ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ލެވަކޫސަނަށް އޭނާ ސޮއި ކުރުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފަ އެވެ.
ބްރެޒިލްގެ ސައު ޕޯލޯއަށް ކުޅެމުން އައި އެންޓޮނީ، ޔޫރަޕަށް ގެންދިޔައީ ޓެން ހާގެވެ. ނެދަލެންޑްސްގެ އަޔެކްސް އަށް 2020 ވަނަ އަހަރު ގެނެސް، އޭނާ ޔުނައިޓެޑަށް ގެންދިޔައީ ރެކޯޑް އަގަކަށެވެ.
ދެ މެޗަށް ފަހު ލެވަކޫސަން އިން ޓެން ހާގް ބޭރުކޮށްފި
މުޅި ކެރިއާގައި މި ކުރާކަމަކީ ތަށި ހޯދުން: ޓެންހާގް
ވާޓްޒްއަށް ލިވަޕޫލްގެ ދެވަނަ ބިޑްވެސް ރިޖެކްޓް
ޓެންހާގްގެ މަސައްކަތް ރަނގަޅުވުމުން ލެވަކޫސަންގެ މަގާމު
ޓްރެންޓް ނެތްތަން ލިވަޕޫލުގައި ފޫބައްދާނީ ފްރިމްޕޮންގް
އަލޮންސޯ ޓީމު ދޫކޮށްލާތީ ލެވަކޫސަންގެ ރާޑަރު ޓެންހާގަށް
ބެޔާނާއި ޑޯޓްމަންޑް އަދި ލެވަކޫސަން ވެސް ބަލިވެއްޖެ
ބެޔާން އަތުން ބަލިވީ ގޯސްތަކެއް ހެދިގެން: އޮލޮންސޯ
ރެއާލްއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް: އަލޮންސޯ
ނޯޔާގެ ފުރަތަމަ ރަތްކާޑާ އެކު ބަޔާން ކަޓައިފި