ފައިސާ ފޮނުވި ކަމަށް ދެއްކުމަށް ފޭކް ސްލިޕްތައް ފޮނުވައިގެން ގިނަ އަދަދެއްގެ މުދާ ހޯދުމުގެ ތުހުމަތު އޮންނަ ޒައިދާން މުހައްމަދު ހާޝިމާއި އޭނާގެ އަންހެނުން އަތުން ބައެއް ފައިސާ ހޯދުމަށްފަހު އެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
14 ޖުލައި 2025
ފައިސާ ފޮނުވި ކަމަށް ދެއްކުމަށް ފޭކް ސްލިޕްތައް ފޮނުވައިގެން ގިނަ އަދަދެއްގެ މުދާ ހޯދުމުގެ ތުހުމަތު އޮންނަ ޒައިދާން މުހައްމަދު ހާޝިމާއި އޭނާގެ އަންހެނުން އަތުން ބައެއް ފައިސާ ހޯދުމަށްފަހު އެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ޒައިދާން އާއި ބަންގްލަދޭޝަށް ނިސްބަތްވާ އޭނާ އަންހެނުން އަފްރިން އަކްތަރު މިދިޔަ މަހު ބަންދުކުރީ 15 ދުވަހަށެވެ. އެއީ އޭނާގެ އަންހެނުން ބައިވެރިކޮށްގެން ފިހާރަތަކަކަށް ފޭކް ސްލިޕް ފޮނުވައިގެން 36،000ރ. މުދާތަކެއް ނެގި މައްސަލައެއްގަ އެވެ.
އޭގެކުރިން މިދިޔަ މެއި މަހު ޒައިދާން ހައްޔަރުކުރީ 9،000ރ. ގެ ފޭކް ސްލިޕް ފޮނުވައިގެން ރެސްޓޯރެންޓަކުން ކާބޯތަކެތި އޯޑަރުކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ. ފުލުހުން ބުނީ ޒައިދާންގެ ދެމަފިރިން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށް ވުރެ ގިނަ ރުފިޔާ ވެރިފަރާތްތަކަށް އަނބުރާ ހޯދައި ދިނުމަށްފަހު އެ ދެ މީހުން އިތުރަށް ބަންދުކުރަން ނުފެންނާތީ މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ޒައިދާން--
ފުލުހުން ކުރިން ބުނެފައިވަނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މާލޭގައި ހުންނަ ދެ ފިހާރައަކުން ޒައިދާން މުދާ ހޯދި ކަމަށެވެ.
މަކަރާއި ހީލަތުން ހޯދި ތަކެތި ވެއްދީ، ފުލުހުން ބުނެފައިވާ ގޮތުގައި ހިޔާ ފްލެޓުގައި އޭނާ ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓަކަށެވެ. އެ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުމުން ފުލުހުން ވަނީ އެ ދެތަނަށް ވަދެ ގިނަ އަދަދެއްގެ މުދާ އެތަނުން ހޯދައިފަ އެވެ.
ޒައިދާން މަކަރާއި ހީލަތުން މުދަލާއި ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ 11 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނައިރު، އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދެ އެވެ.
ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި 2022 ވަނަ އަހަރު ވެސް ޒައިދާން ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން މަކަރާއި ހީލަތުގެ އެކި މައްސަލަތަކުގައި އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ.
ޒައިދާންގެ ދެމަފިރިން ހައްޔަރު؛ މިފަހަރު ނެގީ މުދާ
މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
މާފުށީ ޖަލުން 33 ފޯނު އަތުލައިގެންފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ޗައިނާ މީހުންނަށް ރާއްޖޭގައި ބޮޑު ސްކޭމެއް
ގެދޮރުވެރިޔާ ފްލެޓާ ގުޅޭ ސްކޭމް މެސެޖެއް، ސަމާލުވޭ
ވަގު ސްލިޕްގައި ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރު