Roadha Mihaaru

ހަވާސް ޓްރޮޕިކަލް، ރޭހާން އޯރާ އަދި ޓައިގާ ސެންޓު ޕްލާޒާއަށް

ރަސާސީ ހަވާސް ޓްރޮޕިކަލް، ރޭހާން އޯރާ އަދި ރޭހާން ޓައިގާ އަކީ ދާދި ފަހުން މާކެޓަށް ނެރުނު ސެންޓުތަކެކެވެ. ހަވާސް ޓްރޮޕިކަލް އަކީ ޓްރޮޕިކަލް އެކި ނޯޓުތައް ހިމެނޭ ވަސް ގަދަ ސެންޓެކެވެ. މީގައި ވުޑީ, ސްޕައިސީ އަދި ފްރެޝް ނޯޓުތައް ހިމެނޭނެ އެވެ.

ހަވާސް ޓްރޮޕިކަލް، ރޭހާން އޯރާ އަދި ޓައިގާ ޕްލާޒާގައި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 ޖުލައި 2025

ރަސާސީ ހަވާސް ޓްރޮޕިކަލް، ރޭހާން އޯރާ އަދި ރޭހާން ޓައިގާ އަކީ ދާދި ފަހުން މާކެޓަށް ނެރުނު ސެންޓުތަކެކެވެ. ހަވާސް ޓްރޮޕިކަލް އަކީ ޓްރޮޕިކަލް އެކި ނޯޓުތައް ހިމެނޭ ވަސް ގަދަ ސެންޓެކެވެ. މީގައި ވުޑީ, ސްޕައިސީ އަދި ފްރެޝް ނޯޓުތައް ހިމެނޭނެ އެވެ.

ރޭހާން އޯރާ އަކީ ވެސް ފިރިހެނުންނަށް ހާއްސަ ސެންޓެކެވެ. މި ސެންޓުގައި ކަނޑުގެ ހިތްގައިމު ރޯޅީގައި ހުންނަ ފަދަ ހިތްގައިމު ފްރެޝް ވަހެއް ހިމެނޭނެ އެވެ. އަދި މީގައި ސުވީޓް އަދި ސިޓްރިކް ނޯޓުތައް ހިމެނެ އެވެ. ރޭހާން ޓައިގާ އަކީ ދެ ޖިންސުގެ މީހުންނަށް ބޭނުން ކުރެވޭނެ ސެންޓެކެވެ. މިއީ އިންޓެންސް ވަސްތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ސެންޓެކެވެ. މިއީ ސެންޝުއަލް ހިތްގައިމު އެކި ނޯޓުތައް ހިމެނޭ ސެންޓެކެވެ.

ރޭހާން ޓައިގާ ސެންޓު ޕްލާޒާއިން މިހާރު ލިބޭނެ.

ރޭހާން ޓައިގާ ސެންޓު ޕްލާޒާއިން މިހާރު ލިބޭނެ.

ރަސާސީ އަކީ 1979 ގައި ދުބާއީގައި ތައާރަފްކުރި ސެންޓު ބްރޭންޑެކެވެ. އެ ބްރޭންޑުން "ހަވާސް" ލައިނުގެ ސެންޓު މާކެޓަށް ފުރަތަމަ ނެރުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ލައިންގެ އެކި ސެންޓު އެ ބްރޭންޑުން ދަނީ ތައާރަފް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންނަށް ހާއްސަ ސެންޓާއި ފިރިހެނުންނަށް ހާއްސަ ސެންޓު އަދި ދެ ޖިންސުގެ މީހުންނަށް ހާއްސަ ސެންޓު ހުރެ އެވެ.

ރޭހާން އޯރާ ސެންޓު ޕްލާޒާއިން ލިބޭނެ.

ރޭހާން އޯރާ ސެންޓު ޕްލާޒާއިން ލިބޭނެ.

ޕްލާޒާ އަކީ ފުޅާ ދާއިރާއެއްގައި، މަގުބޫލު އެކި ވައްތަރުގެ ސެންޓާއި ކޮސްމެޓިކްސް ވިއްކާ ފިހާރައެކެވެ. އެތަނުން ނަސީމް ބްރޭންޑުގެ ސެންޓާއި ދުބާއީގެ މަޝްހޫރު "ފްރެގްރެންސް ވޯލްޑް"ގެ ސެންޓާއި އަތަރު ލިބޭނެ އެވެ. އަދި މަޝްހޫރު ޑިޒައިނާ ބްރޭންޑުތައް ކަމަށްވާ ވައިއެސްއެލް, ޝަނެލް, ޑިއޯ, އަރްމާނީ ފަދަ މަގުބޫލު ގިނަ ބްރޭންޑުތަކުގެ ސެންޓު ހުރެ އެވެ. އަދި މި ތަނުގައި ކޮރެއަން ސްކިންކެއާ އާއި އޯލަ ޕްލެކްސް އަދި ޝިއާ މޮއިސްޗާ ފަދަ މަގުބޫލު ބްރޭންޑުތަކުގެ ހެއާ ކެއާ ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ.

ޕްލާޒާއިން ބުނީ މި ތަނުގެ ޕްރޮޑަކްޓުތަކަކީ 100 ޕަސެންޓު އޮރިޖިނަލް ޕްރޮޑަކްޓުތަކެއްކަމަށާއި މަނީ ބެކް ގެރެންޓީ ވެސް ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

ޕްލާޒާގެ ފިހާރަ މާލޭގެ ރަށް ދެބައި މަގުގައި އަދި މަޖީދީ މަގުގައި ހުރެ އެވެ. އަދި އައްޑޫގައި ވެސް ޕްލާޒާގެ ފިހާރަ ހުރެ އެވެ.އަދި ޕްލާޒާ އޮންލައިން މެދުވެރިކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ.