ފަލަސްތީނުގެ ޣައްޒާގައި ފިތުރު އީދު ފެށުމާ ދިމާކޮށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ފަސް ކުޑަކުދިން ހިމެނޭހެން އަށް މީހަކު ރޭ ފަތިހު ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ފިތުރު އީދު ފެށުމާ ދިމާކޮށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ފަސް ކުޑަކުދިން ހިމެނޭހެން އަށް މީހަކު ރޭ ފަތިހު ޝަހީދުކޮށްލައިފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭ އާ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ހަމާސް އާއި އިޒްރޭލުން ވެސް ބުނެފައި ވަނިކޮށް ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅޭ ގެޔަކަށާއި ހާލުގައި ޖެހިފައިވާ މީހުން އުޅޭ ޓެންޓަކަށެވެ.
"ޚާން ޔޫނިސްގައި ހާލުގައި ޖެހިފައިވާ މީހުންނަށް ހާއްސަކޮށްފައިވާ ގެޔަކާއި ޓެންޓަކަށް ފަތިހު ދިން ހަމަލާގައި އަށް މީހަކު ވަނީ ޝަހީދުވެފައި. އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ،" ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި އެވެ.
ހަމަލާތައް މެދުކަނޑާލަން ހެދި އެއްބަސްވުން މި މަހުގެ 18 ވަނަ ދުވަހު އިޒްރޭލުން ރޫޅާލައި ޣައްޒާއަށް އަލުން ހަމަލާތައް ދެމުން ދާއިރު އެ ހަމަލާތަކުގައި 900 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުވެފަ އެވެ. އަދި އޮކްޓޫބަރު 7، 2023 އިން ފެށިގެން ޝަހީދުވި އަދަދު ވަނި ބައި ލައްކަ ފަހަނަޅައި ގޮސްފަ އެވެ.
އަލުން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މިސްރާއި ގަތަރުން އަނެއްކާވެސް މަސައްކަތް ފަށައި އިޒްރޭލާއި ހަމާސް އަށް ވަނީ އާ ހުށަހެޅުންތަކެއް ފޮނުވައިފަ އެވެ. ހަމާސް އިން ވަނީ އެ ޖަމާއަތުން އެ ހުށަހެޅުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު އިޒްރޭލުން ބުނީ ރައްދުގައި އާ ހުށަހެޅުމެއް އިޒްރޭލުން މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
މި އަހަރު ވެސް ޣައްޒާއަށް އީދެއް ނާދޭ، ބޭއްވީ ޖަނާޒާ
ޣައްޒާ އިތުރަށް ކުޑަކޮށް އެކަހެރިކުރާނެ ކަމަށް ބުނެފި
ޣައްޒާގެ ގެޔަކަށް ހަމަލާދީ 23 މީހުން ޝަހީދުކޮށްލައިފި
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ރޭގެ ހަމަލާތަކުގައި ޣައްޒާއިން 19 މީހަކު ޝަހީދުވި
ރެޑް ކްރެސެންޓުގެ ޓީމަށް ހަމަލާދިނީ މެރުމުގެ ނިޔަތުގައި
ޣައްޒާގައި އިތުރު 400،000 މީހުން މަގުމަތިވެއްޖެ
ކާރުތަކަށް ގާ އުކާ ކަމަށް ބުނެ ކުއްޖަކު ޝަހީދުކޮށްފި
މިއަދުވެސް ޣައްޒާއިން 25 މީހަކު ޝަހީދުކޮށްލައިފި
އެހީގެ ޓީމު ޝަހީދުކޮށްފައި އިޒްރޭލުން ހެދި ދޮގު ފަޅާއަރައިފި