Roadha Mihaaru

އިސްލާމިކް ބޭންކިން ރާއްޖެއަށް ތައާރަފްކުރި އެމްއައިބީއަށް 14 އަހަރު

މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ) ރާއްޖެއަށް ތައާރަފްވީ އިސްލާމިކް ފައިނޭންސިން ދާއިރާއަށް ދިވެހިން ބީރައްޓެހި ދުވަސްވަރެއްގަ އެވެ. ދިވެހިންގެ މެދުގައި އާ ކޮންސެޕްޓެއް ނަމަވެސް, ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ބެންކުން ރާއްޖޭގެ މާލީ ނިޒާމު ބަދަލުކޮށްލި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

07 މާޗް 2025

މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ) ރާއްޖެއަށް ތައާރަފްވީ އިސްލާމިކް ފައިނޭންސިން ދާއިރާއަށް ދިވެހިން ބީރައްޓެހި ދުވަސްވަރެއްގަ އެވެ. ދިވެހިންގެ މެދުގައި އާ ކޮންސެޕްޓެއް ނަމަވެސް, ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ބެންކުން ރާއްޖޭގެ މާލީ ނިޒާމު ބަދަލުކޮށްލި އެވެ.

ރާއްޖޭގައި ހަރުދަނާ ޝަރީއާ ކޮމްޕްލަޔަންޓް ފައިނޭންސިން ނިޒާމެއް ގާއިމުކުރުމުގެ ގޮތުން, އާދައިގެ ގޮތަކަށް ބޭންކިންގެ ހިދުމަތްތައް ފަށައި, ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ދާއިރާ ފުޅާކުރުމަށް ބޭނުންވާ އެކި ގަވާއިދުތަކާ ފްރޭމްވޯކުތައް އެކުލަވާލުމުގެ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރި އެވެ.

އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން, ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ދާއިރާ ބިނާކޮށް ފުޅާ ކުރުމުގެ އެތައް ދޮރެއް ހުޅުވުނެވެ. ތަކާފުލް އާއި ސުކޫކު ފަދަ އެތައް ކަމެއް ތައާރަފްވެ, އެމްއައިބީން ޝަރީއާ ކޮމްޕްލަޔަންޓް އެކި ޕްރޮޑަކްޓުތައް ތައާރަފްކުރުމުގެ ފުރުސަތު ލިބުނެވެ.

އެމްއައިބީ އިން ތަފާތު އިންގިލާބީ ޕްރޮޑަކްޓުތަކެއް ނެރުމަށް ބޭއްވި ހާއްސަ ހަރަކާތެއްގައި އެ ބޭންކްގެ ސީއީއޯ މުފައްދާލް އިދްރީސް ހުމްރީ ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއައިބީ އިން ތަފާތު އިންގިލާބީ ޕްރޮޑަކްޓުތަކެއް ނެރުމަށް ބޭއްވި ހާއްސަ ހަރަކާތެއްގައި އެ ބޭންކްގެ ސީއީއޯ މުފައްދާލް އިދްރީސް ހުމްރީ ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއައިބީން ރާއްޖެއަށް އަލަށް ތައާރަފްކުރި ޝަރީއާ ކޮމްޕްލަޔަންޓް ފައިނޭންސިން ފެސިލިޓީ "އުޖާލާ" އަކީ އެ ބޭންކުގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޓެކެވެ. މިފަދަ އެކި ޕްރޮޑަކްޓުތަކާއެކު ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންއަށް އޮތް އަހުލުވެރިންކަން އިތުރުކުރުމަށް އެ ބޭންކުން ކުރި ގިނަ މަސައްކަތްތަކަކާ އެކު އެ ބޭންކަށް ގިނަ ބައެއްގެ ތަރުހީބާއި އިތުބާރު ލިބުނެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ބޭންކުގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދޭން ހުރި ދަތިތަކަށް އެ ބެންކުން ހޯދި ޒަމާނީ ހައްލަކީ ވެސް އެ ބޭންކު ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އެއް ސަބަބެވެ.

ހުޅުމާލޭގައި ބަހައްޓާފައި ހުރި ޑޮލަރު އޭޓީއެމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގައި ބަހައްޓާފައި ހުރި ޑޮލަރު އޭޓީއެމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް އެކައުންޓު ހުޅުވުމުން ފެށިގެން އެކި ފައިނޭންސިން ފެސިލިޓީތައް އޮންލައިންކޮށް ދެވޭނެ މަގު ފަހިކޮށް, އެ ބޭންކުން ތައާރަފްކުރި "އެޕްލައި ނައު" ޕޯޓަލް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޕްލެޓްފޯމެކެވެ.

އެ ޕޯޓަލްއަށް މިދިޔަ އަހަރު ގްލޯބަލް ފިންޓެކް އިންޓަނޭޝަނަލް އެވޯޑުގައި ލިބުނު "މޮސްޓް އިނޮވޭޓިވް ޑިޖިޓަލް އޮންބޯޑިން ރޯލްއައުޓް"ގެ އެވޯޑަކީ އޭގެ ހެއްކެކެވެ. އެމްއައިބީ އަކީ ފަސޭހައިން މުއާމަލާތްތައް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގައި ފައިސާ ނެޓާއި ފައިސާ މޮބައިލް ފަދަ އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ދިވެހިން ރައްޓެހިކުރުވި އެއް ބޭންކެވެ.

ފައިސާ މޮބައިލް އެކްސް މޮބައިލް އެޕް ތައާރަފްކޮށް އެޕްއާ ބެހޭގޮތުން އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވާހަކަދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފައިސާ މޮބައިލް އެކްސް މޮބައިލް އެޕް ތައާރަފްކޮށް އެޕްއާ ބެހޭގޮތުން އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވާހަކަދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޮންލައިންކޮށް ދޭ އެކި ހިދުމަތްތަކުގެ އިތުރުން އެމްއައިބީ އަކީ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ފައިސާގެ މުއާމަލާތްތައް ކުރާނެ ތަފާތު ޕްރޮޑަކްޓުތަކެއް ރާއްޖޭގެ މާކެޓަށް ނެރުނު ފުރަތަމަ ބޭންކެވެ. އެ ގޮތުން އެ ބޭންކުން ވަނީ "ފައިސާ ވެއާ"ގެ ނަމުގައި ފައިސާގެ މުއާމަލާތް ކުރެވޭނެ އަނގޮޓި އާއި ޓެގެއް ވެސް ނެރެފަ އެވެ.

އިސްލާމިކް ބެންކުން ތައާރަފްކުރި "ފައިސާ ވެއާ" އަނގޮޓި.

އިސްލާމިކް ބެންކުން ތައާރަފްކުރި "ފައިސާ ވެއާ" އަނގޮޓި.

އެމްއައިބީ އަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާ ކުރިއެރުވުމުގެ އިތުރުން މާލީ ގޮތުން ޒިންމާދާރު ޖީލެއް ބިނާކުރުމުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ބޭންކެކެވެ. އެ ބޭންކުން ކުޑަކުދިން މާލީ ގޮތުން ހޭލުންތެރިކުރުވުމަށް އެކި ޕްރޮގުރާމުތައް ހިންގުމުގެ އިތުރުން ކުޑަކުދިންނަށް "ބިންގާ"ގެ ނަމުގައި ހާއްސަ އެކައުންޓެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ. ތަފާތު ތިން ވައްތަރެއްގެ އެކައުންޓުތައް ހިމަނައި، ތައާރަފްކުރި "ބިންގާ" އަކީ ކުޑަކުދިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ މެނޭޖުކުރަން އަދި ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްރޮޑަކްޓެކެވެ.

އެމްއައިބީގެ ވިސާ ކާޑުތައް.

އެމްއައިބީގެ ވިސާ ކާޑުތައް.

އެމްއައިބީން މިއަދު 14 އަހަރު ފުރުން ފާހަގަކުރަނީ ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް ސަފުގައި އޮވެ އެވެ. އިސްލާމިކް ފައިނޭންސިން އަދި ބޭންކިންގެ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކާއެކު އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ އެކި މަސައްކަތްތަކާއި މާލީ ދާއިރާއަށް އަހުލުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތްތަކުގެ އިތުރުން އެ ބޭންކަކީ އިޖުތިމާއީ އެކި މަސައްކަތްތަކުގެ ވެސް ބައިވެރި އެކެވެ.

ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖްޑް އިސްލާމިކް ބޭންކު، އެމްއައިބީ އަކީ ހުރިހާ ހިދުމަތެއް އޮންލައިން ކޮށް ފޯރުކޮށްދޭން ފެށި ފުރަތަމަ ބޭންކެވެ. ރާއްޖޭގެ ބޭންކިން ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި މި ބޭންކު އަމާޒު ހިފާފައި ހުރީ އީޖާދީ އުފެއްދުންތަކެއް ނެރެ، ހިދުމަތްތައް އިތުރަށް ފުޅާކުރުމަށެވެ.