ނިއު ރޭޑިއަންޓާ ހަވާލުވާން ރާއްޖެ އައިސް އެންމެ ހައިރާންކުރުވަނިވި ކަމަކަށް ފެނުނީ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ހުނަރާއި ފެންވަރު ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.
13 މާޗް 2017
ނިއު ރޭޑިއަންޓާ ހަވާލުވާން ރާއްޖެ އައިސް އެންމެ ހައިރާންކުރުވަނިވި ކަމަކަށް ފެނުނީ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ހުނަރާއި ފެންވަރު ކަމަށް އެ ޓީމުގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މާދަމަރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ޓަވަރޭސް ބުނީ އެ ޓީމުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އާއި އަލީ ފާސިރު (ސެންޓޭ) ގެ ވާހަކަދައްކަންޏާ އިމްރާނުގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށާއި އޭނާ އަކީ ވަރަށް ތަފާތު މޮޅު ކުޅުންތެރިޔެއް ކަމަށެވެ.
"އަހަރެން ރާއްޖެ އައުމުގެ ކުރިން އޭޝިއާގައި އެހެން ގައުމެއްގައި ދެ ސީޒަން މަސައްކަތްކުރިން. އަހަންނަން ރާއްޖޭން އެންމެ ހައިރާންކުރުވަނިވި ކަމަށް ފެނުނީ ކީޕަރު އިމްރާނުގެ ފެންވަރު. އޭޝިއާގައި ކީޕަރުންގެ ފެންވަރު ކުޑަކޮޮށް ދަށް. އެހެން އެކަން އޮއްވާ ރާއްޖޭގެ މި ކީޕަރުގެ ހުނަރު ފެނުމުން ވަރަށް ހައިރާންވި،" ޓަވަރޭސް ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ދެ މެޗުން ނިއު މޮޅުވުމުގައި އިމްރާނުގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އޭނާގެ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ގަލާޑޯ އާއި އެފަދަ މުހިއްމު ކުޅުންތެރިންގެ ވާހަކަދައްކާއިރު އިމްރާނުގެ ވާހަކަދައްކަން ޖެހޭނެ. މި ޓީމު މޮޅުވާނީ އެއްކޮށް. މި ޓީމު އެއްވަރުވާނީ ވެސް ބަލިވާނީ ވެސް އެއްކޮށް. އަހަރެމެން އެޓޭކްކޮށް ޑިފެންސްކުރަނީ ވެސް އެއްކޮށް،" ޓަވަރޭސް ބުންޏެވެ.
ނިއުގެ ކޯޗު ޓަވަރެސް ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓަވަރޭސް ބުނީ އިމްރާން ދިވެހި ފުޓްބޯޅައިން ދުރުވާ މަންޒަރު ބަލަން ވަރަށް އުނދަގޫވާނެ ކަމަށާއި އޭނާ އަކީ އަޖާއިބެއް ފަދަ ކުޅުންތެރިޔެއް ކަމަށެވެ.
"ދިވެހި ކުޅުންތެރިޔެއްގެ ފަރާތުން އެފަދަ ހުނަރެއް ފެންނާތީ އަހަރެން އުފާވޭ. އަހަރެން އުއްމީދުކުރަން އޭނާ ފަދަ ކުޅުންތެރިޔެއް ގައުމީ ޓީމަށް ކުރިއަށް އޮތްތަނުގައި ލިބޭނެ ކަމަށް. އޭނާ ދިވެހި ފުޓްބޯޅަ ދޫކޮށްލާ މަންޒަރު ބަލަން ވަރަށް އުނދަގޫވާނެ. އޭނާ އަކީ މޮޅު ލީޑަރެއް އަދި މޮޅު ކުޅުންތެރިޔެއް،" ޓަވަރޭސް ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 1999 ވަނަ އަހަރުން ފެށިގެން ކުޅެމުން އައި އިމްރާން ވަނީ މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އެންމެ ފަހުގެ ހަތް ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ގޯލް ބަލަހައްޓައި 2008 ގެ މުބާރާތް ޓީމާ އެކު ކާމިޔާބުކުރި އިމްރާނަކީ ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ނިއުގެ ފައިސާއިން ބައެއް އިމްރާނާއި ދަގަނޑޭ ކުޑަކޮށްފި
ނިއުގެ ހައްގުގައި އިމްރާން ތެދުވެއްޖެ
މުސާރަ މައްސަލަ ނުނިމި ލަސްވާތީ އިމްރާން ކަންބޮޑުވެއްޖެ
ނިއު އިން އިމްރާނުގެ ކޮންޓްރެކްޓް އުވާލައިފި
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
އިމްރާން ނިއުގައި މަޑުކޮށްފި: "މިއީ ޗެލެންޖެއް"
17 އަހަރަށް "ޝުކުރެއް ނެތް"، "ބޮޑުވީ އަދަބު"
ނިއުގެ ކެޕްޓަން ބޭންޑް އަނެއްކާ ވެސް އިމްރާނަށް
އިމްރާނާއި ސެންޓޭ އެނބުރި ނިއު ރޭޑިއަންޓަށް