ހދ. ހަނިމާދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
20 ފެބުރުއަރީ 2025
ހދ. ހަނިމާދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
އެ މީހުން އަތުލައިގަތީ ވައިގެ މަގުން ޑްރަގް އެތެރެކުރަން އުޅޭ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަޜޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށި ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު 13.85 ގުރާމުގެ ޑްރަގް ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:
- ފާތިމަތު ޝާހާ ހަސަން، 20، ނ. ވެލިދޫ، މޯނިންގްސަން
- ހުސައިން ޝާވިން، 22، ކ. ގުރައިދޫ، ނަލަވާ
- މުހައްމަދު ރިލުވާނު އަބްދުއްސައްތާރު، 22، ސ. ފޭދޫ، ރަތްވިލާގެ
- އަރްސަމް އަލީ ވަހީދު، 28، ދ. ކުޑަހުވަދޫ، މާހިލް
އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ރަށުން މަންމައަކާއި ދަރިއަކު ވެސް ވަނީ މި މަހު 13 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން ހަނިމާދޫ، މަޔާ ޕެލަސް، އާމިނަތު، 56 އާއި އޭނާގެ ދަރިފުޅު ފާތިމަތު މާޔާ، 25 އެވެ. އެ ދެ މީހުން ވެސް ހައްޔަރުުކުރީ، މަޔާ ޕެލަސް ގެއިންނެވެ. އޭގެ ތެރެއިން އާމިނަތުގެ ބަންދަށް ފަސް ދުވަސް އަދި މާޔާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ.
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!
ބައެއް ކެފޭތަކުގައި ޑްރަގް ވިޔަފާރިކޮށް ފޮރުވާ
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ހުޅުމާލޭން 14 ކިލޯގެ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި
ފަޅު ރަށަކުން ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް