ހުޅުމާލޭ 2 ގެ ކަރަންޓް ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
15 ޖެނުއަރީ 2025
ހުޅުމާލޭ 2 ގެ ކަރަންޓް ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ރޭ 9:30 ހާއިރު ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރިކަން އެނގުނީ ނަރު ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.
އެއާ އެކު އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ. އަދި އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެމީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި މާރާމާރީ ހިންގި އެވެ.
އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ދެވަނަ މީހާ އަދި ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ށ. ބިލެތްފެއްސަށް ނިސްބަތްވާ އިބްރާހިމް ޒާލިފު ކިޔާ 37 އަހަރުގެ މީހެއް ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި ސްޓެލްކޯގެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.
ވަގުން ކަރަންޓު ޓްރާންސްފޯމަރުތަކަށް ވަދެ، ވައްކަން ކުރާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ރޭ އެއީ ޖެހިޖެހިގެން އެކަން ކުރާތާ ހަތަރު ވަނަ ރެ އެެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށްލި މީހާ ހައްޔަރުކޮށްފި
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ކޭބަލް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް
ކަރަންޓު ކޭބަލުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ފިހާރައެއްގެ ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފި
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް
ކާރާއި ޕިކަޕުން ވައްކަންކުރަމުން ދަނިކޮށް ހައްޔަރުކޮށްފި
67،500ރ. ގެ ގަޑި ވިއްކާލީ 10،000ރ. އަށް
އާންމުހާލަތަށް ދެވެންދެން ސަލާމަތީ ކަންކަން ބަލަނީ