ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް، މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން މިރޭ އިންތިހާބުކޮށްފި އެވެ.
13 ޖެނުއަރީ 2025
ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް، މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން މިރޭ އިންތިހާބުކޮށްފި އެވެ.
އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވީ، އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު އިއްޔެ އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ. އެހެންވެ، ނައިބު ރައީސުންގެ ތެރެއިން ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރެއްވުމަށް ކުރިމަތިލެއްވީ ފިރުޝާންގެ އިތުރުން އަލައިކާ އަދުނާނެވެ.
ނޭޝަނަލް އެސެމްބްލީގެ މިރޭ ބައްދަލުވުމުގައި ނެގި ވޯޓުގައި ފިރުޝާނަށް 29 ވޯޓު އަދި އަލައިކާއަށް 14 ވޯޓު ލިބުނެވެ. އެއް ވޯޓު ވަނީ ބާތިލްވެފަ އެވެ. ޖުމްލަ 44 މެމްބަރުން ވޯޓު ދިނެވެ.
އެ މަޖިލީހުގައި 130 މެމްބަރުން ޖުމްލަ ތިބެ އެވެ. އެކަމަކު، އަސާސީ ގަވައިދު ބުނާގޮތުން މަގާމުތަކަށް ވޯޓު ދެވޭނީ ސީދާ ޖަލްސާއަށް ހާޒިރުވެގެންނެވެ.
ޑިމޮކްރެޓްސް އިން ބުނީ ފިރުޝާން އިންތިހާބުކުރީ، ދާއިމީ ރައީސެއް ހޮވަންދެން، ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރުމަށް ކަމަށެވެ. އެ ބައްދަލުވުމުގައި ވަނީ 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ރައީސެއް ހޮވަން ވެސް ފާސްކޮށްފަ އެވެ.
ފިރުޝާން އާއި އައިކޮއަށް ޑިމޮކްރެޓްސްގެ ޓިކެޓު
ޑިމޮކްރެޓްސްގެ އިންތިހާބުގެ ކުރީގައި ހަސަން ލަތީފު
ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ޖަވާބެއް ނެތް
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
ޕާޓީއަށް ގެއްލުން ނުވާ ކޮންމެ މީހަކަށް މަރުހަބާ ކިޔާނެ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް މިރޭ