03 ޖެނުއަރީ 2025
ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އިދާރާ އިން ހަތަރު ގަޑިއިރަށް އޮރެންޖް އެލާޓް މިއަދު ނެރެފި އެވެ.
ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އިދާރާ އިން ހަތަރު ގަޑިއިރަށް އޮރެންޖް އެލާޓް މިއަދު ނެރެފި އެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 3:00 އިން ރޭގަނޑު 7:00 އަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފަ އެވެ.
މި ވަގުތުތަކުގައި އެ އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގައި މޫސުން ދަރަޖަ ކޮށްފައި ގޮތުން ނެރެނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓެވެ.
އޮރެންޖް އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯހެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމާއި އުދައެރުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. އަދި ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.
މިދިޔަ 24 ގަޑިއިރަށް ބަލާއިރު، އުދަ އަރާފައި ވަނީ ށ. ނަރުދު އާއި ރ. އިނގުރައިދު އަށް އެކަންޏެވެ. އެ ދެ ރަށުގެ ތެރެއިން ވެސް ނަރުދު އަށް ރޭ ދަންވަރު އާދަޔާ ހިލާފަށް ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެމްއެންޑީއެމްއޭ އިން ބުނީ، ނަރުދު އާއި އިނގުރައިދުއާ އެކު، ހަ ރަށެއްގައި މި ވިއްސާރައިގައި މިހާތަނަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެއީ ފ. ނިލަންދު އާއި ފ. މަގޫދު އާއި ދ. ކުޑަހުވަދޫ އަދި ދ. މީދޫ އެވެ.
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެ
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
ފުވައްމަލުކާއި އައްޑުއާ ދެމެދުގެ ކަނޑު ވަރަށް ގަދަ
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް
ދެ ކޮޅިގަނޑުގެ ބާރުގަދަވެ މޫސުން ގޯސްވަނީ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ރާއްޖޭގެ އެންމެ އުތުރަށް އޮރެންޖް އެލާޓް ނެރެފި