20 ޑިސެމްބަރ 2024
ފުވައްމަލުކާއި އައްޑުއާ ދެމެދުގެ ކަނޑު ގަދަވުމުން މެޓް އޮފީހުން މިއަދު އެ ސަރަހައްދަށް ދެވަނަ ފަހަރަށް ޔެލޯ އެލާޓް ނެރެފި އެވެ.
ފުވައްމަލުކާއި އައްޑުއާ ދެމެދުގެ ކަނޑު ގަދަވުމުން މެޓް އޮފީހުން މިއަދު އެ ސަރަހައްދަށް ދެވަނަ ފަހަރަށް ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން އެ ސަރަހައްދަށް މިއަދު އެންމެ ފުރަތަމަ ޔެލޯ އެލާޓް ނެރުނީ މެންދުރުފަހު 3:00 އިން ރޭގަނޑު 7:00 އަށެވެ. އަދި މިހާރު ވަނީ މިރޭ 11:00 އާ ހަމައަށް އެ އެލާޓް ދަންމާލައިފަ އެވެ.
Alert Yellow: Advisory
— Maldives Meteorology (@MetMaldives) December 20, 2024
Strong winds of 25 - 30 mph with very rough seas expected. pic.twitter.com/aXcKShqMlW
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑު ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިބާރުވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ މޫސުން ވަރަށް ގޯސްވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ. އަދި، ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 12:00 އާ ހަމައަށް ވަނީ ބ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ރާއްޖެއަށް މިހާރު މި ކުރާ ވިއްސާރައަކީ މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ދެ ކޮޅިގަނޑު ސަބަބުން ކުރާ އަސަރެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މޫސުން ގޯސްވާނެ އެވެ.
މިއީ ކަނޑު ގަދަ ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އާންމު ގޮތެއްގައި މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށުމުގެ އަސަރުތައް ފެންނަން ފަށާ ދުވަސްވަރެވެ. ނުވަތަ ދެ މޫސުން ބެދޭ ދުވަސްވަރެވެ. އިރުވައި މޫސުން ފަށަން ހަޅަޖަހަން ފަށާނީ މި މަހު ފަހުކޮޅު އެވެ.
ރާއްޖެއަށް އިރުވައި މޫސުން އާންމު ގޮތެއް ފެށެނީ ޖެނުއަރީގަ އެވެ.
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް!
ރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެ
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް
ދެ ކޮޅިގަނޑުގެ ބާރުގަދަވެ މޫސުން ގޯސްވަނީ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް