Roadha Mihaaru
މަރުވެފައި އޮތް މީހަކު ގެއަކުން ފެނިއްޖެ

މަރުވެފައި އޮތް މީހަކު މާލޭގެ ގެއަކުން ފެނިއްޖެ

03 ޑިސެމްބަރ 2024

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގުލާބީ މަގުގައި ހުންނަ ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ އިދާރާއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ. އަދި އެ ގެއިން ފެނުނު މީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން، 53، ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.