03 ޖެނުއަރީ 2022
މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ރޭ 9:30 ހާއިރު މާފަންނުގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމް މުހައްމަދު، 44، އެވެ.
ފުލުހުން ބުނީ ރިޕޯޓްކޮށްފައި ވަނީ މީހަކު ވެއްޓިގެން އުޅޭ މައްސަލައެއް ކަމަށެވެ. ސީނަށް ދިޔަ އިރު އެ މީހާ މަރުވެފައި އޮތް ކަމަށް އެތަނަށް އެޓެންޑުވި ޑޮކްޓަރުން ބުނި ކަމަށް ފުލުހުން ބުންޏެވެ.
ހާޝިމް ދަންނަ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ހާޝިމް މަރުވީ ބޯ ފަޅައިގެން ދިޔުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ. އަދި ބޯ ފެޅުމުގެ އިތުރުން ވެސް ޒަހަމްތަކެއް ހުރި ކަަމަށް ވަނީ އެނގިފަ އެވެ.
ޒަހަމްތައް ވެފައި ހުރީ މީހެއްގެ ފަރާތުން ކަމެއް ބުނަން އަދި ނޭނގޭ ކަމަށާއި ފުލުހުން އެކަން ބަލަމުން އަންނަ ކަމަށް "މިހާރު" އާ ވާހަކަދެއްކި މީހާ ބުންޏެވެ.
"އޭނާ ނަގައިިގަނެގެން ގެންދިޔައީ ވެސް ފުލުހުން. މިހާރު އޮތީ މޯޗަރީގައި. އެހެންވެ އާއިލާއަށް އަދި ނުފެނޭ ހަށިގަނޑެއް،" އޭނާ ބުންޏެވެ.
ހާޝިމް މަރުވެފައި އޮތީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގަ އެވެ. އެތަނުގައި އޭނާ މާލޭގައި ހިންގާ ބައެއް ފިހާރަތަކުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ވެސް އުޅޭ ކަމަށް އާއިލާ އިން ބުންޏެވެ.
ވާހަކަ ދެއްކި މީހާ ބުނީ ހާޝިމްގެ ބޯ ފަަޅައިގެން ދިޔުމުން "އަމިއްލަ އަށް ޑޮކްޓަރަށް ދާނަމޭ" ބުނި ކަމަށް ބިދޭސީން ބުނި ކަމަށެވެ. އެކަމުގައި ވެސް ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަކަށް ޔަގީނެއް ނުވޭ ރިޕޯޓްކުރީ ހާޝިމް ކަމެއް ނުވަތަ އެ ތަނުން ބިދޭސީ މީހެއް ކަމެއް،" އޭނާ ބުންޏެވެ.
މައްސަލަ ބަލަމުންގެންދާތީ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މަރުވެފައި އޮތް މީހަކު ގެއަކުން ފެނިއްޖެ
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
މަރުވެފައި އޮތް މީހަކު މާފަންނުގެ ގެއަކުން ފެނިއްޖެ
މަރުވެ، ގިނަ ދުވަސް ވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ
ސިދުރަތުﷲގެ ހަށިގަނޑު އިންޑިއާ އަށް ގެންދަނީ
މަރުވި މީހާ ރަސްފަންނަށްދާ ވީޑިއޯ އާންމުކޮށްފި
ގެއެއްގެ ހަ ވަނަ ފްލޯއިން ވެއްޓި މީހަކު މަރުވެއްޖެ
ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
ޝައުނާގެ ފޯނުކޯލާއި މެސެޖުތައް ބެލުމުގެ އަމުރެއް ނުދިން