09 އޮކްޓޯބަރ 2024
ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ ލޯބި ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާގެ ރަންކިޔުމުގެ ހަފުލާގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ ލޯބި ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާގެ ރަންކިޔުމުގެ ހަފުލާގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޒާރާ ވަނީ އެ މީހުންގެ "ރަން ކިއުމުގެ ދަރުބާރު"ގައި ސިޔާމަށް ވަރަށް އަސަރުގަދަ ލަވައެއް ކިޔައިދީފަ އެވެ.
އެ ލަވަ ހަދާފައި ވަނީ އެ ދެ މީހުންގެ ކައިވެންޏާއި ސިޔާމާ މެދު އޭނާ ދެކޭ ގޮތުގެ މައްޗަށެވެ.
"ފުން ލޯތްބާއި ޖަންނަތު ތިއީ އޭ ހިތްއެދޭ،
ލޯތްބާ އަޅާލުން ހިތްވަރާއި،
މި ހަޔާތަށް ދޭށޭ މިއީ އޭ ދުއާ،" ޒާރާގެ ލަވައިގައި ކިޔަ އެވެ.
ޒާރާ ކިޔާފައިވާ މި ލަވައަކީ އިންޑިއާގެ ކައިވެނީގެ ހަފުލާތަކުގައި މިހާރު ވަރަށް މަގުބޫލު ހިންދީ ލަވައެއް ކަމަށްވާ "ކުޑްމާއީ"ގެ ރާގަށް ކިޔާފައިވާ ލަވައެކެވެ. އެއީ، ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި ހިމަނާފައިވާ ކައިވެނީގެ ލަވައެކެވެ.
އޮޅުވެލި ރިސޯޓުގައި ބޭއްވި ރަންކިއުމުގެ ހަފުލާގައި ޒާރާ ހުރީ ހުދުކުލައިގެ ދިވެހި ލިބާހެއްގަ އެވެ. ސިޔާމް ހުންނެވީ ހުދު ގަމީހާއި ފޭލީގަ އެވެ.
އެ ހަފުލާގައި ދެ ފަރާތުގެ އާއިލާއިން ވެސް ބައިވެރިވި އިރު، އެންމެން ވެސް ތިބީ ދިވެހި ސަގާފީ ހެދުމުގަ އެވެ.
ސިޔާމް އާއި ޒާރާގެ "ރަންކިޔުމުގެ ދަރުބާރު".
އެނގިފައިވާ ގޮތުގައި، ސިޔާމް އާއި ޒާރާ ކައިވެނިކުރަނީ މާދަމާ އެވެ. އެ ކައިވެނީގެ ހަފުލާ ބާއްވަނީ ވެސް މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ. އަދި އެ ހަފުލާގައި ބައިވެރިވުމަށް ޒާރާގެ އާއިލާ ވެސް މިހާރު ތިބީ ރިސޯޓުގަ އެވެ.
ކައިވެންޏަށް ފަހު މާދަމާ އެ ރިސޯޓުގައި ޕާޓީއެއް ވެސް ބާއްވާނެ ކަމަށްވެ އެވެ. އަދި ކަމަދޫގެ ރައްޔިތުންނަށް ހާއްސަ ހަފުލާއެއް ވެސް އެ ރަށުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ސިޔާމް އާއި ޒާރާގެ ކައިވެންޏާ ދިމާކޮށް ކަމަދުއަށް މިއަދު ވަނީ ތިން އަސް ވެސް ގެންގޮސްފަ އެވެ. އެއީ ހުދުކުލައިގެ ދެ އަހާއި މުށިކުލައިގެ އަހެކެވެ.
މޮރޮކޯ މީހަކާ ވެސް ކައިވެނި ބައްލަވައިގެން އުޅުއްވާ ސިޔާމަކީ އަހަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާގެ ރިސޯޓަކަށް ވެސް މީގެ ކުރިން ވަނީ އަހެއް ގެނެސްފަ އެވެ.
ސިޔާމް/ޒާރާގެ ކައިވެނި؛ ކަމަދޫގައި ބޮޑު ހަފުލާއެއް
ސަން ސިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގެންފި
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ސިޔާމްގެ އެހީގައި ކަމަދޫ އެންމެންނަށް ބޭސް ފަރުވާދެނީ
އާނަންތުގެ ކައިވެންޏަށް ނަޝީދު ވަޑައިގެންނެވި
އަމްބާނީގެ ހަގުދަރިފުޅުގެ ކައިވެނީގެ ހަފުލާތައް ފަށައިފި
ރަކުލް އާއި ޖެކީގެ ކައިވެނީގައި ދެނީ ރަނގަޅު ކެއުން
ބެކަމްގެ ދޮށީ ދަރިފުޅުގެ ކައިވެންޏަށް ހަތަރު މިލިއަން
ކައިވެނިކުރަން އިޓަލީއަށް ދާ މީހުންނަށް ހަރަދު ދެނީ
މޯނީގެ ކައިވެނިން ރީތި ފޮޓޯތަކެއް