Roadha Mihaaru
އޭޝިއަން ޗެމްޕިއަންޝިޕުގެ ސެމީން ކަޔާން ޖާގަ ހޯދައިފި

އޭޝިއަން ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުން ކަޔާން ޒަކީ ޖާގަ ހޯދައިފި

23 އޯގަސްޓް 2024

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖުނިއާ ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ކަޔާން ހަމްދާން ޒަކީ ޖާގަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖުނިއާ ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ކަޔާން ހަމްދާން ޒަކީ ޖާގަ ހޯދައިފި އެވެ.

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ މުބާރާތުގައި، މިއަދު މެންދުރު ފަހު އޮތް ކުއާޓާ ފައިނަލު އިވެންޓުތަކުން، ސެމީގެ ޖާގަ ކަށަވަރު ކުރި ހަމައެކަނި ދިވެހި އެތުލީޓަކީ ކަޔާން އެވެ.

އޭނާ ވާދަކުރި ދެވަނަ ހީޓުން 9.64 ސްކޯކޮށްގެން. ކަޔާން ވަނީ ދެވަނަ ހޯދައިފަ އެވެ. ތިން ސާފަރުން ވާދަކުރި ހީޓުގެ އެއްވަނަ ހޯދީ ފިލިޕީންސްގެ ސާފަރު ޓްރޮއީ އެސްޕެޖޯން އެވެ. އޭނާ ވަނީ 11.10 ސްކޯކޮށްފަ އެވެ. ތިންވަނަ ހޯދި ލަންކާގެ ކަނަޕަތީ ޖޭ އަށް ލިބުނީ 8.06 ޕޮއިންޓެވެ.

ކަޔާން ރާޅުމަތީގައި ރައިޑް ކުރަނީ ސެމީ ފައިނަލުގައި އޭނަ އަށް އޮތީ ވަރުގަދަ ޗެލެންޖެއް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

ކަޔާން ރާޅުމަތީގައި ރައިޑް ކުރަނީ ސެމީ ފައިނަލުގައި އޭނަ އަށް އޮތީ ވަރުގަދަ ޗެލެންޖެއް --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

ހީޓް ތިނެއްގައި ވާދަކުރި ރާއްޖޭގެ ޖޫނިއާ ކެޕްޓަން ސައްޔިދު ސޮލާހުއްދީން ދިޔައީ ހީޓުގެ ފުލަށެވެ. އޭނާ އަށް ލިބުނީ 7.90 ޕޮއިންޓެވެ. އެ ހީޓުން އެއްވަނަ ހޯދީ އިންޑިއާގެ ކިޝޯރު ކުމާރެވެ. އޭނާ ވަނީ 11.50 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެވަނަ އަށް ދިޔައީ ޗައިނީޒްޓައިޕޭގެ ޖޯންޖޯން ޗާން އެވެ. 8.76 ސްކޯކޮށްގެން އޭޏާ ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ.

ހީޓް ހަތަރެއްގައި ރާއްޖޭގެ ކަޔާން އަބްދުﷲ އަރީފް، ވަނީއެ ހީޓުން ދެވަނައިގައި ސެމީން ޖާގަ ހޯދި ދެކުނު ކޮރެއާގެ ސޮއިހޫން ޖޫންއާ ދާދި ގާތުން ޕޮއިންޓް ހޯދާފަ އެވެ. ޖޫން ވަނީ 9.83 ސްކޯކޮށްފަ އެވެ، ކަޔާން އަރީފަށް ސްކޯ ކުރެވުނީ 9.17 ޕޮއިންޓެވެ. ތަފާތު ބޮޑު ކުރިއެރުމަކާ އެކު ޖަޕާނުގެ ޓާރޯ ޓަކައި ވަނީ 18.10 ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭނާ އަކީ ކުއާޓާ ފައިނަލުގެ ހަތަރު ހީޓުން ވެސް އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރި ސާފަރެވެ.

ސެމީ ފައިނަލުގައި ކަޔާން ޒަކީ ލައްވާލީ ޓާރޯއާ އެކު ހީޓް ދޭގަ އެވެ. އެ ހީޓުގައި ދެން ހިމެނެނީ އިންޑިއާގެ ކިޝޯރާއި ކުއާޓާގެ ހީޓު އެކަކުން ދެވަނަ ހޯދި ޗައިނާގެ ޗެންގް ޒެންގް އެވެ.