Roadha Mihaaru
އޭޝިއަން ގޭމްސްގެ މެޑަލް ޓާގެޓް، ސާފިންއާމެދު އުންމީދު

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފުރަތަމަ މެޑަލް ސާފިންއިން ހޯދާނެކަމަށް އުއްމީދު ކުރަން: ރާފިއު

18 އޯގަސްޓް 2024

އޭޝިއަން ގޭމްސްގައި ރާއްޖެއަށް ފުރަތަމަ މެޑަލް ހޯދައިދޭނެ ކުޅިވަރަކަށް ސާފިން ވުމަށް އުންމީދު ކުރާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއަން ގޭމްސްގައި ރާއްޖެއަށް ފުރަތަމަ މެޑަލް ހޯދައިދޭނެ ކުޅިވަރަކަށް ސާފިން ވުމަށް އުންމީދު ކުރާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، ރަސްމީކޮށް ފެށުމަށް، މުބާރާތް ބާއްވާ ކ. ތުލުސްދޫގައި މިއަދު ވަނީ ހަފުލާއެއް ބާއްވާފަ އެވެ. މި ފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުން ޖަޕާނުގައި 2026 ގައި ބާއްވާ އޭޝިއަން ގޭމްސް އަށް ސާފަރުން ކޮލިފައިވާނެ އެވެ.

ތުލުސްދޫ ސްކޫލްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ރާފިއު ވަނީ އޭޝިއަން ގޭމްސްއާ މެދު އުންމީދުތަކެއް ކުރައްވައިފަ އެވެ. އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ރާއްޖެ ކޮލިފައިވާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް ރާފިއު ވިދާޅުވި އެވެ.

"އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން އަޅުގަނޑުމެންގެ ސާފަރުން މެޑަލް ހޯދަމުން ދާތީ، އޭޝިއަން ގޭމްސް އަށް ކޮލިފައިވުމަށް ރާއްޖޭގެ އެތުލީޓުންގެ އެންމެ މަތީ ފެންވަރު ދައްކާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި ރާފިއު ވިދާޅުވި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާގައި --- ފޓޯ: ސްޕޯޓްސް މިނިސްޓްރީ

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާގައި --- ފޓޯ: ސްޕޯޓްސް މިނިސްޓްރީ

އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރާތާ މިހާރު 42 އަހަރު ވެއްޖެ އެވެ. މިހާތަނަށް 11 ފަހަރު، އޭޝިއާގެ އެންމެ ބޮޑު މަލްޓި ސްޕޯޓްސް މުބާރާތުގައި ރާއްޖޭން ވާދަ ކުރި އެވެ. އެކަމަކު އެންމެ މެޑައްޔެއް ވެސް އެ ގޭމްސްއިން ރާއްޖެ އަށް ލިބިފައެއް ނުވެ އެވެ.

މިއަދު ރާފިއު އިޝާރާތް ކުރެއްވީ އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެޑަލްގެ ފަޅުކަމަށް ނިންމުން ގެންނައުމުގެ މައްޗަށެވެ.

އޭނާ ވިދާޅުވީ އޭޝިއަން ގޭމްސްގައި މެޑަލް ޕޯޑިއަމްއާ ހަމައަށްދާ ރާއްޖޭގެ ފުރަތަމަ ކުޅިވަރަކަށް ސާފިން ވުމަކީ އުންމީދު ކުރާ ކަމެއް ކަމަށެވެ.

"އޭޝިއަން ގޭމްސްގައި ރާއްޖޭން 'ޕޯޑިއަމް ފިނިޝްއާ' [މެޑަލް ހޯދާ] ފުރަތަމަ ކުޅިވަރަކަށް ސާފިން ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރާފިއު ވިދާޅުވި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާގައި --- ފޓޯ: ސްޕޯޓްސް މިނިސްޓްރީ

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާގައި --- ފޓޯ: ސްޕޯޓްސް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ މުބާރާތުގައި ވާދަކުރަން ރާޅުތަކުގެ ތެރެއަށް ނުކުންނަ އިރު އެ މަސައްކަތް ކުރަނީ ހަމައެކަނި އަމިއްލަ ކާމިޔާބެއް ހޯދުމަށް ނޫން ކަމަށެވެ.

"ރާޅުތަކުގެ ތެރެއަށް ވާދަކުރަން ތި ނުކުންނަނީ ތި އެތުލީޓުންގެ ފަހަތުގައި ގައުމު އޮވެގެން،" ރާފިއު ވިދާޅުވި އެވެ.

މުބާރާތުގެ އެތުލީޓުންގެ އިވެންޓްތައް ފަށާނީ މާދަމާ އެވެ. ރާއްޖޭގެ ފިރިހެން ސީނިއާ އަދި ޖޫނިއާ ޓީމާއި އަންހެން ޓީމު ވެސް މުބާރާތުގައި ވާދަ ކުރެ އެވެ.