ޕާޓީ ޑްރަގްސްގެ ހަ ކިލޯ ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ނެދަލެންޑްސްގެ މީހަކު ހައްޔަރުކޮށްފި އެވެ.
13 އޯގަސްޓް 2024
ޕާޓީ ޑްރަގްސްގެ ހަ ކިލޯ ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ނެދަލެންޑްސްގެ މީހަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރީ ނެދަލެންޑްސްގެ މަޒޭސާ އެނޯކް ޑައިސޮނަމާ ކިޔާ 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ކްރިމިނަލް ކޯޓުގައި ބުނި ގޮތުގައި މަސްތުވާތަކެތި ފެނުނީ އޭނާގެ ލަގެޖެ ތެރޭގައި ހުރި ޒިޕް ލޮކް ބޭގުތަކުންނެވެ.
މި މައްސަލާގައި އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ހައްޔަރުކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހަ ކިލޯ ހުރި ކަމަށެވެ.
ކްރިސްޓަލްތަކެއްގެ ގޮތަށް ހުއްޓައި ފެނުނު އެއްޗިއްސާ މެދު ޝައްކުކުރެވިގެން ޓެސްޓްކުރިއިރު، ޑްރަގްގެ ބާވަތެއް ކަމުގައިވާ (methylmethcathinone) 2-MMC އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އެއީ ޕާޓީ ޑްރަގުގައި ބޭނުންކޮށްފައި ހުންނަ މާއްދާއެކެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ދޫވެފައި ހުރެއްޖެ ނަމަ މުޖުތަމައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.
މި މައްސަލާގައި، ދިފާއުގައި ވާހަކަ ދައްކަމުން ކޯޓުގައި އޭނާ ބުނީ ރާއްޖެ އައީ ޗުއްޓީ ހޭދަކުރަން ކަމަށެވެ. އެ ލަގެޖަކީ އޭނާގެ އެއްޗަކަށް ވިޔަސް މަސްތުވާތަކެތި އެތެރެ ނުކުރާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެކަން ކުރީ ދަބަސް ޕެކްކުރި މީހުންނެވެ. އެކަން ހިނގީ އޭނާ އަށް އެނގިގެން ނޫން ކަމަށް ވެސް ކޯޓުގައި ބުންޏެވެ.
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ކުޑަކަމުދާތަކެތި ޓެސްޓު ނުކުރެވި ޑްރަގް ފަރުވާ ނުދެވޭ
ޑްރަގް ރިމާންޑު ސެންޓަރު ބޭނުން ނުކުރެވޭތީ ކަންބޮޑުވަނީ
ޑްރަގާއެކު ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ މަޖިލީހަށް
މަސްތުން ސަލާމަތްވާން ފަރުވާ ނުފެށި 400އެއްހާ މީހުން
ޑްރަގް ފަރުވާގެ ނިޒާމު ބޮއްސުންލާފައި
ބިޑިއަޅުވަން އުޅުމުން ގަދަ ދެއްކި މީހަކަށް އަނިޔާވެއްޖެ
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި
ޑްރަގު މައްސަލައެއްގައި މީހަކު ހޯދަން ފާރިސްގެ ގެއަށް
މަސްތުވާތަކެއްޗާއެކު އެއްމާބަނޑުދެބެއިން ހައްޔަރުކޮށްފި