09 އޯގަސްޓް 2024
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތީ ވަރަށް ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތީ ވަރަށް ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
"ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދަވައިގެން ދަތުރު ކުރުމަށް ދަންނަވަމެވެ،" މެޓް އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާއިރު، މި ނިމުނު ހަފުތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަރަށް ވިއްސާރަ ކުރި އެވެ.
ކުރިއަށް އޮތީ މޫސުން ގޯސް ހަފުތާއެއް
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
ކަނޑު ގަދަވާނެތީ ބ. އިން ލ. އަށް ޔެލޯ އެލާޓް
ބޮޑު ސަރަހައްދަކަށް މިރޭ ވެސް މޫސުން ގޯސް
މާލެ އަޑީގައި: 24 ގަޑިއިރުން 136 މިލިމީޓަރު ވާރޭ
ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ރައްކާތެރިވާން އެދިއްޖެ
ދެ ކޮޅިގަނޑުގެ އަސަރުކޮށް، މޫސުން ގޯސް ދުވަސްތަކެއް
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް