ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހި ވިއްސައިގެން ގޮސް ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.
31 ޖުލައި 2024
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި މީހެއްގެ ގައިގައި ޖެހި ވިއްސައިގެން ގޮސް ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.
ރަތް ކުލައިގެ ކާރުން ޖެހުނީ ބޮޑު މަގުން ދުއްވާފައި އައިސް ވިނަރެސް ފްލެޓްތައް ކައިރީގައި މަޑުކޮށްލި ފިރިހެނެއްގެ ގައިގަ އެވެ. ކާރުން ޖެހުނުލެއް ބާރުކަމުން އޭނާ ވިއްސައިގެން ދިއުމުގެ އިތުރަށް ސައިކަލްގެ މަޑިއާ އެހެން އެއްޗެހި ވެސް މާ ދުރަށް ދިޔަ މަންޒަރު އާއްމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެކަމަކު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
އެ އެކްސިޑެންޓް ހިނގުމާ އެކު، ކާރު ދުއްވި މީހާ ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި އެ ވަގުތު ތިބި މީހުންނެވެ. ކާރު ދުއްވި މީހާ ފިލިޔަސް އެ އެކްސިޑެންޓް ހިނގި ވިނަރެސް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ އަދަދެއްގެ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.
އެކްސިޑެންޓުވި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސޯޝަލްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި، ރަތް ކުލަ އާއި ކަޅުކުލައިގެ ސްޕޯޓްސް ކާރު ބާރު ސްޕީޑުގައި ދުއްވާފައި އައިސް ގޯޅި އެޅިއިރު ވެސް ކޮންޓްރޯލް ވަނީ ގެއްލިފަ އެވެ. އެ ކާރުން ޖެހުނުއިރު، އެ މީހާ ދުއްވާފައި އައިސް ސައިކަލް މަޑުކޮށްލައި ރަނގަޅަށް ހަމަޖެހިނުލެވެ އެވެ.
އާއްމުކޮށް ހުޅުމާލެ ތެރެއިން ފެންނަ އެ ކާރު ދުއްވިލެއް ބާރުކަމުން އޭގެއިން ޖެހުނު ބޮޑު ގަހެއް ވެސް ވިއްސައިގެން ދިޔަ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
ހުޅުމާލޭގައި ކާރުން ޖެހި އެކްސިޑެންޓް ހިނގާފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ އެކްސިޑެންޓުގައި ކާރުގެ ފަހަތާއި ކުރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
ފުލުހުންނަށް ފިލަން ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
ބްރިޖުން ދަނިކޮށް ކަރުގައި ކަންވާރު އެޅި އަނިޔާވެއްޖެ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
ވިނަރެސްގެ ޓަވަރަކުން ވެއްޓި މީހަކަށް އަނިޔާވެއްޖެ
އެކްސިޑެންޓްތަކާ ގުޅިގެން ޕީޖީ އާއި ފުލުހުން މަޖިލީހަށް